މަގޫދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްސައްތާރުގެ މައްސަލައެއް ޖޭއެސްސީ އިން ބަލަނީ!

ކިޔުމަށް ހޭދަވާނީ 47ސ
މަގޫދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްސައްތާރުގެ މައްސަލައެއް ޖޭއެސްސީ އިން ބަލަނީ!

ފ. މަގޫދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްސައްތާރު ސުލެއިމާންގެ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އަބްދުއްސައްތާރުގެ މައްސަލައެއް ބެލުމަށް ޖޭއެސްސީ އިން ނިންމާފައިވާއިރު، އެހެން ހަތަރު ފަނޑިޔާރެއްގެ މައްސަލަވެސް ބެލުމަށް މިމަހުގެ 18 ވަނަ ދުވަހު އެކޮމިޝަނުން ނިންމިއެވެ.

އެއީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބުގެ މައްސަލައަކާއި ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހިމްގެ މައްސަލައަކާއި، ސިވިލް ކޯޓުގެ ގާޒީ ޙުސެއިން ފާއިޒް ރަޝާދުގެ މައްސަލައެއްގެ އިތުރުން ލ. ދަނބިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފްގެ މައްސަލައެކެވެ.

މިމައްސަލަތަކުގެ ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައި ނެތް ނަމަވެސް، އެނގިފައިވާ ގޮތުގައި އެކޮމިޝަނުން ނިންމާފައިވަނީ ކުރީގެ ރައީސް ޔާމީންގެ އިންތިހާބުގެ ކެމްޕޭނުގައި ބައިވެރިވި މައްސަލައެކެވެ.

މިއަދު އޮންލައިން