ދުއްވާފައި ދިއަ ސައިކަލެއް ހުއްޓުވައި 30 ރުފިޔާ އަތުލަން އުޅެފި އެވެ.
ސައިކަލް ދުއްވި މީހާ ބުނީ އޭނާ ދުއްވާފައި ދަނިކޮށް ގަލޮޅު މަދުރާ ކަންމަތިން 2 މީހަކު އޭނާ ހުއްޓުވައި ކުރިއަށް ދެވޭނީ 30 ރުފިޔާ ދިނުމަށްފަހުގައި ކަމަށް ބުނި ކަމަށެވެ. އަދި ފައިސާ ނުދިނުމުން ކުރިއަށް ދިއަ ނުދީ ހިފަހައްޓާފައި އިންދައި މީހުން އެއްވެ ފޭރޭ ބައެއްކޭ ގޮވައި އަޑުގަދަކޮށް އެ 2 މީހުންގެ ކިބައިން އޭނާ ސަލާމަތްކޮށްދިނީ ކަމަށެވެ.
މަގުމަތިން ފޭރުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު މިބާވަތުގެ ކަންކަމަށް ސަމާލުކަން ދިނުމުގެ ގޮތުން ނުދަންނަ މީހަކު ގޮވި ނަމަވެސް މަޑު ނުކުރުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.
ފުލުހުން ބުނީ މިބާވަތުގެ މައްސަލައެއް މިއަދު ހުށަހެޅިފައި ނެތް ކަމަށެވެ.