އަތްފޯރާ ފަށު ތިރީގަ އޮތް ދިޔަދޮވި ސާފުކޮށް ނުލެވިގެން މިސްކިތުގެ ބައެއް ބަންދުކުރިތާ މަސް ދުވަސް ވަނީ! މުލީއާގޭ ދިޔަ ދޮވި ބެދުނު ނަމަ!؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އަތްފޯރާ ފަށު ތިރީގަ އޮތް ދިޔަދޮވި ސާފުކޮށް ނުލެވިގެން މިސްކިތުގެ ބައެއް ބަންދުކުރިތާ މަސް ދުވަސް ވަނީ! މުލީއާގޭ ދިޔަ ދޮވި ބެދުނު ނަމަ!؟

މާފަންނު ބޮޑުގެ ވަގުތީ މިސްކިތުގައި އަތްފޯރާ ފަށު ތިރީގައި އޮތް ދިވަދޮތްވަކަށް ކުނި އެޅި ބެދިގެން ފެންލީކްވެ ސީލިންގ އިން ފެންފައިބާތީ އެކަން ރަނގަޅުކުރަން މިސްކިތުގެ އަންހެނުން ނަމާދުކުރާ ބައާއި ފިރިހެނުންގެ ބައިން ސަރަހައްދެއް ބަންދުކުރިތާ މަސް ދުވަސްވާން އުޅެނީއެވެ. 

އަދިވެސް މަސައްކަތެއް ނުނިމެއެވެ. މިސްކިތުގެ އަހުލުވެރިން ބުނާ ގޮތުން މަސައްކަތް ކުރަން އައި ގްރޫޕުގެ މީހުން މޮޅުކަމުން ޕްލައިވުޑްގެ ދެފުށް ވަކިކުރާކަށް ނުއެނގެއެވެ. ގޮތަކަށް ހަދާލާފައި ދިއަތަނުން ވެހުނު ވާރޭގައި ފެން ލީކްވުމުން އަދިވެސް އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. 

ސުވާލަކީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ނުވަތަ ނައިބް ރައީސް ދިރިއުލުއްވާ ގެކޮޅަށް މިފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ ރަނގަޅުކުރަން ހަމަ މަސްދުވަސް ނަގާނެތޯއެވެ.!؟ މިސްކިތްތަކަކީ ބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތައް ކަމަށްވާއިރުވެސް ކަން ބޮޑުވެލާނެ މުއައްސަސާއެއް ހަމަ ނެތީތޯއެވެ؟ މިއަށްވުރެ ސަމާލުކަން ދީގެން މިސްކިތުގައި ނަމާދުކޮށްލަން ކަންކަން ފަހިކޮށްލައިދެވޭނެ ގޮތެއް ވެސް ހަމަ ނެތީތޯއެވެ؟ 

މިއަދުނޫހުން ވާނީ މީގެ ކުރިންވެސް ވަގުތީ މިސްކިތުގެ ބައެއް ބަންދުކުރި މައްސަލަ ސަމާލުކަމަށް ގެނެވިފައެވެ. އިލްތިމާސްވެސް ކުރެވިފައެވެ!

މިއަދު އޮންލައިން