އިޙްޞާން ފިހާރައިގެ ބިއްލޫރިތައް ތަޅައިލީ ރެޑްބުލް ދަޅުތަކެއް ވަގަށް ނެގިކަން ފަޅާއެރުމުން! - ދެން އޮތީ ކުރާ ވައްކަމަށް ޤައުމީ އިނާމު ދިނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އިޙްޞާން ފިހާރައިގެ ބިއްލޫރިތައް ތަޅައިލީ ރެޑްބުލް ދަޅުތަކެއް ވަގަށް ނެގިކަން ފަޅާއެރުމުން! - ދެން އޮތީ ކުރާ ވައްކަމަށް ޤައުމީ އިނާމު ދިނުން!

ދާދިފަހުން ގަލޮޅުގައި ހިންގާ އިޙްޞާން ފިހާރައިގެ ބިއްލޫރިތައް ތަޅައިލީ ރެޑްބުލް ދަޅުތަކެއް ވަގަށް ނެގިކަން ފަޅާއެރުމުން ކަމަށް މިއަދުނޫހަށް މައުލޫމާތު ލިބިއްޖެއެވެ. 

"ރެޑްބުލް ދަޅުކޮޅެއް ވަގަށް ނަގައިގެން ފިލަން އުޅެނިކޮށް ފަޅާއެރީ. އެހެންވެ ސަލާމަތް ވެވޭނެ ކަމަށް ބަލައި ބިއްލޫރި ގަނޑު ތަޅާލައި ބިއްލޫރިގަނޑަކުން ސޭޓަށް ބިރުދައްކާފައި ނުކުމެގެން ދިއައީ" 

މިއަދުނޫހަށް މައުލޫމާތު ލިބުނު ގޮތުގައި އެކަން އެގޮތަށް ކުރުމަށްފަހު އޭނާ ގޮސް އިނީ ގެއެއްގެ ސިޑިމަތީގައެވެ. ފުލުހުންނަށް ރިޕޯޓްކުރި ފަރާތަކުން ރިޕޯޓްކުރީ އެތަނުގައި އިންދައެވެ. 

ވައްކަން ކުރުމުން ރާއްޖޭގައި މިހާރު ކުރަމުން ގެންދާ ޙުކުމްތަކަށް ބަލާއިރު ވައްކަން ކުރުމަކީ ސިންގަޕޫރުގައި މަގުމައްޗަށް ކުނިކޮޅެއް އެއްލުން ފަދަ ކަމެކެވެ. ޖުރުމަނާއެއް ކޮށްލުމުން ނިމުނީއެވެ. މިކަމާއި ގުޅިގެން ކަންބޮޑުވާ ބައެއް މީހުން ބުނަނީ އެކިއެކި ކަންކަމުގައި ވަގުންނަށް މިހާރުވެސް ޤައުމީ އިނާމު ލިބޭ ކަމަށާއި ވަގުންނަށް ވައްކަން ކުރަން ހިތްވަރު ދިނުމުގެ ގޮތުން ރާއްޖޭގައި ތަޢާރަފް ނުކޮށް އޮތީ ވައްކަން ކުރާ މީހުންނަށް ޚާއްޞަކޮށްގެން ޤައުމީ އިނާމު ދިނުން ކަމަށެވެ.  

 

މިއަދު އޮންލައިން