36 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އިންޑިއާގެ ދެކުންފުންޏަކާ ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
36 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އިންޑިއާގެ ދެކުންފުންޏަކާ ހަވާލުކޮށްފި

ޕްލޭނިން މިނިސްޓްރީން 36 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އިންޑިއާގެ އިޕޮކް ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތް ފީޑްބެކް އިންފްރާ ޕްރައިވެޓް ލިމިޓެޑާއި ފޯރސައިޓް ސާރވެޔާރސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މި ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ހަވާލު ކުރި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކިއުރިޓީ ޒީނިޔާ އަހުމަދެވެ.  

ފެން ވިއުގަ ގާއިމު ކުރާ ރަށްރަށްތަކަކީ ނ. ހެނބަދޫ، ނ. މަނަދޫ، ށ. ފީވަކު، ބ. ކަމަދޫ، ބ. މާޅޮސް، ރ. އިންނަމާދޫ، ކ. ހިންމަފުށި، އދ. އޮމަދޫ، އއ. މަތިވެރި، އއ. ދިއްދޫ، އދ. ފެންފުށީ، ތ. ދިޔަމިގިލި، ތ. މަޑިފުށީ، ހއ. މާރަންދޫ އަދި ހއ. މުރައިދޫ އެވެ.

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރާ ރަށްތަކަކީ ނ. ފޮއްދޫ، ނ. މާފަރު، ށ. ގޮއިދޫ، ޅ. އޮޅުވެލިފުށި، ރ. ފައިނު، އއ. ފެރިދޫ، އއ. ހިމަންދޫ، އދ. ކުނބުރުދޫ، މ. ނާލާފުށި، މ. ރަތްމަންދޫ، ވ. ކެޔޮދޫ، ވ. ރަކީދޫ، ގއ. ދެއްވަދޫ، ގއ. ނިލަންދޫ، ގދ. ނަޑެއްލާ، ލ. ހިތަދޫ، ލ. ކުނަހަންދޫ، ހދ. ކުމުންދޫ، ހދ. ހިރިމަރަދޫ، ހއ. ވަށަފަރު، އަދި ހއ. ތަކަންދޫ އެވެ.

 

މިއަދު އޮންލައިން