ފެނަކައިން 5,299,834.21މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހައްދުންމަތި މާމެންދޫގައި އަޅާ އައު އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.
އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ގެ އެމްޑީ އަޙްމަދު ސަޢީދު ޢާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް އެވެ. މަސައްކަތް ހަވާލުކޮސްފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހަށް މަސައްކަތް ނިންމާ ގޮތަށް ސެންޓިސަސް ޕްރައިވެޓް ލިމިޓެޑް އާއިއެވެ.
މާމެންދޫގެ އިންޖީނުގެ ރަށު މެދުގައި ހުރުމުން ތަފާތު މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. އެހެންކަމުން އައު އިންޖީނުގޭގެ ަމސައްކަތް ނިމުމުން އެ މައްސަލަތައް ޙައްލުކުރެވޭނެ ކަމަށް ބެލެވެއެވެ.