ބަށިބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ގއ. ދާންދޫގައި މިއަދު ކުޅެން ހަމަޖެހިފަ އޮތް ބަށިބޯލް މުބާރާތުގެ ފައިނަލް މެޗް ހުއްޓުވަން ގއ. ނިލަންދޫ ކޯޓުން ކޯޓު އަމުރެއް ނެރެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓު އަމުރެއް ނެރުނީ ނިލަންދޫ ފަތްމިނި ޓީމް 3 މެޗްމޮޅުވުމުން ފައިނަލަށް ދިއަކަން އިއުލާނުކުރުމަށްފަހު ފަހުން އެކަން ބަދަލުކޮށް ނިލަންދޫ ފައިނަލަށް ނުދާ ކަމަށާއި ފައިނަލަށް ދިއައީ ގއ. މާމެންދޫކަމަށް ކަނޑައަޅައި ފައިނަލްމެޗް ކުރިއަށް ގެންދަން ނިންމުމުންނެވެ.
ފަތްމިނި ޓީމް 3 މެޗުން މޮޅުވީ ކުޅުނު 2 މެޗުން މޮޅުވުމުންނާއި މާމެންދޫ އާއިއެކު ކުޅެން އޮތް މެޗް ނުކުޅެ މާމެންދޫ ޓީމުން ދޫކޮށްލުމުންނެވެ.
ކޯޓުން ވަނީ މައްސަލަ ބަލައި ކޯޓުން އަމުރެއް ނެރެންދެން ފައިނަލް މެޗް ކުރިއަށް ގެންދިއަ ނުދިނުމަށް ފުލުހުންގެ މައްޗަށްވެސް އަމުރުކޮށްފައެވެ.