ޝިމާ ގެއްލުނު މައްސަލައިގެ ތަޙްޤީޤް ނިމުނު ގޮތް އެނގެން ގިނަ ބައަކު ބޭނުންވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޝިމާ ގެއްލުނު މައްސަލައިގެ ތަޙްޤީޤް ނިމުނު ގޮތް އެނގެން ގިނަ ބައަކު ބޭނުންވޭ!

ޑިންގީ އެއްގައި ލ. ފޮނަދޫން ފުރައިގެން މާމެންދޫއަށް ދަތުރުކުރަނިކޮށް ގެއްލިފައިވާ ކަމަށް ބުނާ ޝިމާ ގެއްލުނު މައްސަލައިގެ ތަޙްޤީޤް ނިމުނު ގޮތް އެނގެން ބޭނުންވާ ކަމަށް ގިނަ ބއަކު ދަނީ ބުނަމުންނެވެ.

ބައެއް މީހުން ބުނަނީ ޝިމާ ގެއްލުނު މައްސަލަ އާއި ގުޅިގެން މިހާރު އެއްވެސް މީހަކު ފުލުހުންގެ ބަންދުގައި ނެތް ކަމަށާއި އެކަމުން އެނގެނީ ފުލުހުންގެ ތަޙްޤީޤް ނިމިފައިވާކަން ކަމަށެވެ. އެހެންކަމުން ތަޙްޤީޤް ނިމުނު ގޮތް ހާމަކޮށްދިނުމަކީ ފުލުހުން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

ތަޙްޤީޤް ހިނގަމުން ދިއައިރު ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. ތަޙްޤީޤަށް ބަންދުކުރި މީހާ އެކިފަހަރު އެކި ގޮތަށް ވަނީ ވާހަކަ ދައްކައިފައެވެ. ފުލުިހުންނާއި ސިފައިން އަދި މާމެންދޫ ރައްޔިތުން ކުރި މަސައްކަތުންވެސް އެ ހާދިސާ އާއި ގުޅުންހުރި އެއްވެސް ކަމެއް ވަނީ ނުފެނިފައެވެ. ޝިމާ ނުފެނުނުތަނުގައި ޑިންގީ ވެސް ވަނީ ނުފެނިފައެވެ.

ފަތަން ނުއެނގޭ މީހަކު ކަނޑުވުމުން އޭނާގެ އަތަށް ފޯނެއް ދިން ކަމަށް ބުނާ ބުނުމަކީވެސް ވަރަށް ގިނަ ސުވާލު އުފެދޭ ކަމެކެވެ.

މިއަދު އޮންލައިން