އޯރކާ މީޑިއާ ގްރޫޕުގެ ބިޒްނަސް އެކްސްޕޯ ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
އޯރކާ މީޑިއާ ގްރޫޕުގެ ބިޒްނަސް އެކްސްޕޯ ފަށައިފި

އޯރކާ މީޑިއާ ގްރޫޕުގެ ފަރާތުން ކުރިއަށް ގެންދާ "ބިޒްނަސް އެކްސްޕޯ 2019" މިއަދު ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ދަރުބާރުގޭގައި ކުރިއަށްދާ މިއެކްސްޕޯ ފައްޓަވައިދެއްވީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްއެވެ.

މި އެކްސްޕޯގައި 80 ކުންފުންޏެއްގެ ސްޓޯލްތައް ހިމެނޭއިރު އޭގެތެރޭގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)، އުރީދޫ، އެމްޓީސީސީ، ދަމާސް، އެލައިޑް އިންޝުއަރެންސް، އަދި މީޑިއާ ނެޓް ފަދަ ރާއްޖޭގެ ބޮޑެތި ކުންފުނިތައް ހިމެނެއެވެ.

 މި އެކްސްޕޯ ކުރިއަށް ދާނީ މެންދުރު 13:30 ން ރޭގަނޑު 10:00 އަށެވެ. 

 

 

 

މިއަދު އޮންލައިން