11 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމުކުރަން 3 ކުންފުންޏަކާ ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
11 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމުކުރަން 3 ކުންފުންޏަކާ ހަވާލުކޮށްފި

11 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމުކުރަން ތިން ކުންފުންޏަކާ ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މިމަޝްރޫއުތައް ހަވާލުކުރި 3 ކުންފުންޏަކީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ސްޓެޓިކް ކޮމްޕެނީ އާ ހަވާލުކޮށްފައި ވަނީ ހަތަރު މަޝްރޫއެކެވެ. ށ. ނަރުދޫ، ށ. މާއުނގޫދޫ އަދި ނ. ޅޮހީގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށާއި ނ. ހޮޅުދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް ގާތްގަނޑަކަށް 91،462،310 ރުފިޔާ އަރައެވެ.

އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަތަރު މަޝްރޫއެއް ޖުމްލަ އަގު 113،553،137 ރުފިޔާއަށް ހަވާލުކޮށްފައިވަނީ ކ. ގުޅި، ފ. މަގޫދޫ އަދި ރ. އިނގުރައިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށާއި ލ. މާވަށުގައި ފެނުގެ ނިޒާމް ގާއިމްކުރުމަށެވެ. 

ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފައި ވަނީ ހއ. ފިއްލަދޫ އަދި ހދ. ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށާއި ހދ. ނައިވާދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމަށެވެ. މި ތިން ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 64،133،076 ރުފިޔާއެވެ.

މިއަދު އޮންލައިން