ގުޅީފަޅުހަ ހަދާ ބައިނަލްއަގުވާމީ ބަނދަރުގެ ކޮންސަލްޓަންސީގެ މަސައްކަޔް ބޭރުގެ ޖޮއިންޓް ވެންޗާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިމަސައްކަތް ހަވާލުކޮށްފައިވަނީ ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށެވެ. އެއީ ޑެންމާކްގެ ކުންފުނި ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ކުންފުންޏަށެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރު އަހްމަދު މިގްދާދު އަދި ކޮންޓްރެކްޓު އެވޯޑުކުރި ޖޮއިންޓް ވެންޗާގައި ހިމެނޭ ޑެންމާކްގެ ނީރާސް ކުންފުނީގެ ޑިރެކްޓަރ ޕޯޓްސް އެންޑް މެރިޓައިމް، ޔެސްޕާ ހާޑާއެވެ.
Contract signed for the consultancy for international port development project at Gulhifalhu pic.twitter.com/YSv5GzQ4Z0
— Economy & Trade (@MoEDmv) September 30, 2019