ޓޫރިޒަމް މިނިސްޓަރާމެދު ފިޔަވަޅު އަޅައިދިނުމަށް ގޮވާލައި މަތިވެރި ކައުންސިލުން ބަޔާނެއް ނެރެފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޓޫރިޒަމް މިނިސްޓަރާމެދު ފިޔަވަޅު އަޅައިދިނުމަށް ގޮވާލައި މަތިވެރި ކައުންސިލުން ބަޔާނެއް ނެރެފި!

ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ގެންދަވަނީ މަތިވެރި ރައްޔިތުންގެ އިޙްޞާޞްތަކަށް އަދި ރައްޔިތުންނަށް ލިބިދާނެ ނިކަމެތިކަމަށް ނުބައްލަވައި ފިޔަވަޅުތައް އަޅުއްވަމުން ކަމަށް ބުނެ ޢަލީ ވަޙީދު އާއިމެދު ފިޔަވަޅު އަޅުއްވައިދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ގޮވާލައި އއ.މަތިވެރި ކައުންސިލުން ބަޔާނެއް ނެރެފިއެވެ. 

މަތިވެރި ކައުންސިލުން މިފަދަ ބަޔާނެއް ނެރުނީ އެކައުންސިލުގެ ބެލުމުގެ ދަށުގައިވާ 2 ބިން ޓޫރިޒަމް މިނިސްޓްރީން ރިޗް ކްލަބް މޯލްޑިވްސްއަށް ކުއްޔަށް ދިން މައްސަލަ އާއި ގުޅިގެންނެވެ. 

މިއަދުނޫހަށް މައުލޫމާތު ދިން ރަށުގެ އިސް ރައްޔިތަކު ބުނީ ބިމުގެ ކުއްޔަށް ދައްކަން ޖެހޭ ފައިސާއިން އަދިވެސް ބޮޑުބައެއް ނުދައްކާ ކަމަށާއި އެހެންކަމުން ޤަވާއިދުން ކުލި ނުދައްކާ ފަރާތްތަކަށް މަތިވެރި ފަދަ ބިން ކުޑަ ރަށެއްގެ ބިންތައް ދިގު މުއްދަތަށް ދީ ހުސްކޮށްލުމަކީ ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމެއް ކަމާއިމެދު ސަރުކާރުން ނުވިސްނާތީ ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމަށެވެ. "އަޅުގަނޑަށް އެނގިފަ އޮތް ގޮތުން ނުލިބި ހުރި ފައިސާ ލިބޭތޯ ކައުންސިލުން އެއްބަސްވުން ވެސް އައުކޮށްފި. އެކަމަކު ޤަބޫލެއް ނުކުރެވޭ އެ ފައިސާކޮޅުވެސް ލިބިދާނެ ކަމަކަށް."

މިއަދު އޮންލައިން