ރެޑްވޭވުން ގަލަންޒް ބްރޭންޑުގެ އިންވާޓާރ އޭސީ ރާއްޖޭގެ މާރކެޓަށް ތައާރަފްކޮށް "މެގަ އޭސީ ސޭލް" ފަށައިފިއެވެ.
ރެޑްވޭވުން ގަލަންޒް ބްރޭންޑުގެ އިންވާޓާރ އޭސީ ރާއްޖޭގެ މާރކެޓަށް ތައާރަފްކޮށް ފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ގަލަންޒް ގްރޫޕަކީ އިލެކްޓްރޯނިކްސް އުފެއްދުމުގައި 40 އަހަރުގެ ތަޖުރިބާހުރި ކުންފުންޏެކެވެ.
ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައިވަނީ ގަލަންޒް ގެ އާރކަސް ސީރީސްގެ L71 އެވެ. އެގޮތުން މި އޭސީއަކީ 3ޑީ ޑީސީ އިންވާޓާރ ޓެކްނޮލޮޖީ ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ، ވަރަށް ބޮޑުތަނުން ޚަރަދުކުޑަ އޭސީއެކެވެ. ގަލަންޒް އިންވާޓަރ އޭސީގައި ހިމެނެނީ، ޖަޕާނު ޓެކްނޮލޮޖީގެ ކޮންޕްރެސަރެކެވެ. ތިމާވެއްޓާއި ރައްޓެހިވާނޭ ފަދައިން ފަރުމާ ކުރެވިފައިވާ މި އޭސީ އަކީ އަޑު އެހާމެ މަޑު އަދި އަވަހަށް ފިނިކޮށްދިނުމުގެ ޤާބިލްކަން (ޓާރބޯ ކްލީނިންގް) ލިބިފައިވާ އޭސީއެކެވެ.
ރެޑްވޭވުން ގަލަންޒް ބްރޭންޑްގެ ތިން ސައިޒެއްގެ އޭސީ ވަރަށް ހާއްސަ އަގެއްގައި ލިބިވަޑައިގަންނަވާނެއެވެ. އެގޮތުން 9000ބީޓީޔޫގެ އިންވާޓާރ އޭސީ 4،840ރ އަށް އަދި 12000ބީޓީޔޫގެ އިންވާޓާރ އޭސީ 5،890ރ އަށް ލިބިވަޑައިގަންނަވާނެއެވެ. އަދި 18000ބީޓީޔޫގެ އިންވާޓާރ އޭސީ 7،890ރ އަށް ލިބިވަޑައިގަންނަވާނެއެވެ.
ރެޑްވޭވުން ބުނެފައިވަނީ ގަލަންޒް އިންވާޓާރ އޭސީ ރެޑްވޭވުން ލިބިވަޑައިގަންނަވާނީ އެއްއަހަރު ދުވަހުގެ ވޮރަންޓީ އާއި އެކުގައިކަމަށެވެ. އަދި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އުޅުއްވާ ކަސްޓަމަރުންނަށް ހިލޭ އިންސްޓޮލޭޝަން (އިންސްޓޮލޭޝަން ކިޓުގައިވާ ސާމާނުން) ލިބިވަޑައިގަންނަވާނެއެވެ. ހިލޭ އިންސްޓޮލޭޝަން މިއަދުން ފެށިގެން އޮކްޓޯބަރު މަހުގެ 15 އާއި ހަމައަށް ގަލަންޒް އޭސީ ބައްލަވައިގަންނަވާ ކޮންމެ ކަސްޓަމަރަކަށް ލިބިގެން ދާނެކަމަށެވެ.
ގަލަންޒް އޭސީ މޯލްޑިވްސް އިސްލާމިކް ބޭންކް، އެމް.އެފް.އެލްސީ އަދި ބީއެމްއެލް އިސްލާމިކްގެ ކްރެޑިޓް ސްކީމްގެ ދަށުންވެސް ކަސްޓަމަރުންނަށް ލިބިވަފައިގަންނަވާނެއެވެ. ރެޑްވޭވުން ހާމަކުރާގޮތުގައި މިއީ އިންވާޓާރ އޭސީ އެއް ބައްލަވައިގަތުމަށް ގަސްތުކޮށްގެން ތިއްބެވި ކަސްޓަމަރުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއްކަމަށާއި ރެޑްވޭވްގެ އަމާޒަކީ އޭސީ ބައްލަވާގަތުމުގައި ކަސްޓަމަރުން ގެންގުޅުއްވާ "އަގު ހެޔޮ ވުމަކީ ކޮލިޓީ ދައްވުން" ކަމުގައި ދެކޭވިސްނުން ބަދަލުކޮށް، ކޮލިޓީ ބްރޭންޑެއް ހެޔޮއަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިންކަމަށެވެ.