މަގުތަކުގައި ޚާއްޞަކޮށް ގޯޅިތަކުގައި ބަހައްތާފައި ހުންނަ ސައިކަލް ތަކުގެ މަތީގައި އިށީނދެގެން ތިބޭ މައްސަލަ ވެސް ބައްލަވައިދެއްވުމަށް ގިނަ ބައަކު ދަނީ އެދެމުންނެވެ. އެމީހުން މި މޭރުމުން އެދެމުން ދަނީ ސައިކަލެއްގެ މަތީގައި އިން ބިދޭސީއެއްގެ ގައަށް ފެން ބާލިދީއެއް ޖެހި މައްސަލަ ފުލުހުން ބަލަން ފެށުމުންނެވެ.
މިއަދުނޫހަށް މައުލޫމާތުދިން މީހުން ބުނީ ދެބަނޑަށްކައި ވަރުޖެހިގެން ތިބޭ މީހުން ޕާކުކޮށްފައި ހުންނަ ސައިކަލްތަކުގެ މަތީގައި ތިބުމުން ސައިކަލަށް ގެއްލުންވާ ކަމަށެވެ. ފަޅިހަރުގެ ސްޕްރީންގެ ބާރުކެނޑި އަވަސް އަވަހަށް ހަރު ބަދަލުކުރަން ޖެހޭ ކަމަށެވެ.
"ހަރުހަދާފައި ހުންނަނީ މީހުން އަރައިތިބޭ ގޮތަކަށް ނޫން. އެހައި ބާރެއް ނުހުރޭ. ދެން މިޖެހެނީ ނުލާހިކު އަވަސް އަވަހަށް ހަރު ބަދަލުކުރަން. ބައެއް ދިވެހި ޒުވާނުން ވެސް އެގޮތަށް ތިބޭ. ނަމަވެސް 90 ޕަސަންޓް އެގޮތަށް އަރައި ތިބެނީ ބިދޭސީން. އެހެން ތިއްބާ ފެނުނަސް ފުލުހުން އަޅައެއް ނުލާ. ދެން ކަންކަން ހައްދު ފަހަނައެޅީމަ މީހުން ރުޅިގަދަވެސް ވާނެ. ކަންކަންވެސް ކުރެވޭނެ. ޤާނޫނީ ގޮތުން ބަލައިފިނަމަ އެގޮތަށް ސައިކަލަށް އަރައިތިބުން ބެލެވޭނީ ހުއްދަ ނެތި މީޙެއްގެ މުދަލަށް އަރައިގަތުން ކަމަށް. މީހެއްގެ މުދަލަށް ގެއްލުން ދިނުން ކަމަށް." ވެސް ބައެއް މީހުން ބުނެފައިވެއެވެ.
ފުލުހުން ގެންދަނީ ފެންބާލިދީ ޖެހި މީހާ ހޯދަމުންނެވެ.