ކަޅުބިލަ މަހަކީ ދިވެހިންނަށް ﷲ ދެއްވަވާފައިވާ ވަރަށް ބޮޑު ނިއްމަތެއް!: އިބްރާހީމް ދީދީ (ސިމްޑީ)

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ކަޅުބިލަ މަހަކީ ދިވެހިންނަށް ﷲ ދެއްވަވާފައިވާ ވަރަށް ބޮޑު ނިއްމަތެއް!: އިބްރާހީމް ދީދީ (ސިމްޑީ)

"މަހަށްދާންވީނު - މިއީ މީހުން ދެރަކޮށްލަން ބުނެއުޅޭ އެއްޗެކެވެ. 

ކަޅުބިލަ މަހަކީ މި ޤައުމަށް ﷲ ދެއްވެވި އެންމެ ބޮޑު ނިޢްމަތެވެ. ހުސްބުޅީގައިވެސް ދަރިންނަށް ބޭނުންވާ އެންމެ ފައިދާހުރި ޕްރޮޓީން އަޅުގަނޑުމެންނަށް ލިބޭ! 

އެހެން ޤައުމުތަކުގައި ގެރި ބަކަރި ގެންގުޅެނީ ހާދަ މަސައްކަތުންނެވެ. ސުބްޙާނަﷲ!" 

މިއީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހީމް މުޙައްމަދު ދީދީ (ސިމްޑީ) ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

އިބްރާހީމް ދީދީ މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ ރާއްޖެއިން އިސްލާމް ދީން ފޮހެލުމަށް އެމްޑީއެން ފަދަ ޖަމާއަތްތަކުން ކުރާ މަސައްކަތް ކުށްވެރި ކުރައްވައި އެ ފަދަ މަސައްކަތްތައް ހުއްޓުވައި ދެއްވުމަށް އެދި ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވާ ބަސްފުޅަކަށް ތާއީދުކުރައްވައެވެ. 

އިބްރާހީމް ދީދީ ވަނީ އިސްލާމް ދީނުގައި ސާބިތުކަމާއިއެކު ދެމިހުންނަވާނެކަމުގެ ޔަޤީންކަން ވެސް ދެއްވައިފައެވެ.

މިއަދު އޮންލައިން