ރާއްޖެއިން އިސްލާމް ދީން ނައްތާލަން މަސައްކަތްކުރާ އެމްޑީއެންގެ މައްސަލަ ފުލުންނަށް ހުށަހަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ރާއްޖެއިން އިސްލާމް ދީން ނައްތާލަން މަސައްކަތްކުރާ އެމްޑީއެންގެ މައްސަލަ ފުލުންނަށް ހުށަހަޅައިފި

ރާއްޖެއިން އިސްލާމް ދީން ނައްތާލަން މަސައްކަތްކުރާ އެމްޑީއެންގެ މައްސަލަ ފުލުންނަށް ހުށަހަޅައިފި އެވެ. މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ޢާންމުކޮށްގެން އުޅޭ އިސްލާމް ދީނާއި ޚިލާފް ލިޔުންތަކުގެ މައްސަލަތައް ހުށްހެޅީ މިއަދުއެވެ. އަދި މި މައްސަލަ އާއި ގުޅިގެން އެމްޑީއެންގެ އިސްވެރިން އިސްލާމިކް މިނިސްޓްރީއަށް ހާޒިރުކޮށްދިނުމަށްވެސް ފުލުހުންގެ ކިބައިން ވަނީ އެދިފައެވެ.  

މާމޮޅު ޤާނޫނެއް ފާސްކުރެވިއްޖެ ކަމަށް ބަލައި ފާސްކުރި އިސްލާމް ދީން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން އެއްވެސް މީހަކު އިސްލާމިކް މިނިސްޓްރީއަށް ހާޒިރުކުރެވޭނީ ފުލުހުން އެކަން ކޮށްދީފިނަމައެވެ. އެކަމުގައި ފުލުހުންގެ އެއްބާރުލުން އިސްލާމިކް މިނިސްޓްރީއަށް ނުދޭތާ 3 އަހަރުވަނީއެވެ. އިއްވެސް ސީޕީ ހަމީދު ދެއްކެވީ މަޝްވަރާކުރަމުން ގެންދާ ވާހަކައެވެ.  

އިސްލާމް ދީނާއިމެދު ފައުޅުގައި ކަންކަން ކުރަމުން ގޮސް ރައްޔިތުން ނުކުމެ އަރައިގަނެފާނެ ކަމުގެ ބިރު އުފެދޭ ހިސާބުން ނޫނީ އެފަދަ މައްސަލަތައް ސަރުކާރުން ނުބަލާކަމަށް ބުނެ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. "އަހަރެމެންނަށް މައްސަލައެއް ނެތް އިސްލާމިކް މިނިސްޓްރީން ބެލިނަމަވެސް، ފުލުހުން ބެލިނަމަވެސް. ސްޕްރީމް ކޯޓުން ބެލިނަމަވެސް، މުލީއާގެއިން ބެލިނަމަވެސް. އެނގޭ ކަމަކީ ރާއްޖޭގެ މިފަދަ މައްސަލަތައް ނުބެލި އިސްލާމް ދީނަށް ލިބެމުން މިދާ ގެއްލުންތަކުގެ ފުރިހަމަ ޒިންމާ ނުނަގައި ރައީސުލްޖުމްހޫރިއްޔާއަށް    ޤިޔާމަތް ދުވަހު ނުރެކެވޭނެކަން.

އެމްޑީޕީ. އެމްޑީއެން، ރިޔާސީ ކޮމިޝަން، ހޯމް މިނިސްޓްރީ، ޝަހިންދާ، ފަރީޝާ، ފީބާ ރޭޑިއޯ، އީޔޫ އެމެރިކާގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައި އުޒުރު ނުދެއްކޭނެކަން." ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.

މިއަދު އޮންލައިން