އެމްޑީއެން އިން ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް" ތަކަށް މަޚްލޫފް ދެކޮޅު ހެއްދެވުމުން ގިނަ ބައެއްގެ ތަޢްރީފް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އެމްޑީއެން އިން ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް" ތަކަށް މަޚްލޫފް ދެކޮޅު ހެއްދެވުމުން ގިނަ ބައެއްގެ ތަޢްރީފް!

ރާއްޖެއިން އިސްލާމް ދީން ނައްތައިލަން މަސައްކަތްކުރަމުން ގެންދާ އެމްޑީއެން އިން ރަސޫލް (ޞޢވ) އަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރުނު "ސެޓަނިކް ރިފޮމް ޕޭޕަރސް" ތަކަށް ޔޫތް މިނިސްޓަރ އަހްމަދު މަޚްލޫފް ދެކޮޅުކަން ފައުޅު ކުރެއްވުމުން ގިނަ ބައެއްގެ ތަޢްރީފް ދަނީ މަޚްލޫފަށް ލިބިވަޑައިގަންނަވަމުންނެވެ. 

އެމްޑީޕީއަށް އަބަދުވެސް ތާއީދު ކުރައްވާ ކަނޑުވައި އިބްރާހީމް ރަޝީދު ވިދާޅުވީ "އިސްލާމް ދީނާ ދެކޮޅަށް އެމްޑީއެން އިން ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް" އަށް ނޫނެކެވެ ނުބުނާ ސަރުކާރާ، ދައުލަތުގެ އިސް ވެރިން، މަޖިލިސް މެންބަރުން ރައްޔިތުން ބަލައި ނުގަންނާނެ" ކަމަށެވެ. 

މަޚްލޫފް ނޫނެކެވެ ވިދާޅުވެއްޖެ ކަމަށާއި އެހެން ބޭފުޅުން ކޮބައިތޯ އިބްރާހީމް ރަޝީދު ވަނީ ސުވާލުކުރައްވައިފައެވެ. މީގެ އިތުރުން އިބްރާހީމް ރަޝީދު ވަނީ ފުލުހުންނާއި ސިފައިން ކޮށްގެން ތިބި ހުވާގެ އިބާރާތް އަލުން ކިޔާލައި އެ ހުވާގެ މައްޗަށްވެސް މިފަދަ ކަންކަމަށް ނޫނެކެވެ ވިދާޅުވުމަށް ގޮވާލައްވައިފައެވެ. 

އިބްރާހީމް ރަޝީދު ފަދަ އެމްޑީޕީގެ އިސް ސަޕޯޓަރުން މިފަދަ ބަސްފުޅުތައް ވިދާޅުވުމުން އެނގިގެންދަނީ ކޮންމެ ޕާޓީއެއްގައި ހުރި ނަމަވެސް ދިވެހި ލޭ ހިނގާ ދިވެހިން އިސްލާމް ދީނުގެ ހިމާޔަތުގައި ތެދުވާނެ ކަމެވެ.

 

މިއަދު އޮންލައިން