ރާއްޖެއިން އިސްލާމް ނައްތާލަން މަސައްކަތްކުރަމުން ގެންދާ އެމްޑީއެން އިން ރަސޫލް (ޞޢވ)އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓަކީ އެއްވެސް ދިރާސާއަކާއި ނުލައި ބައެއްގެ ރުޅިވެރިކަމާއި ނިރުބަވެރިކަން ފޮޅައިލުމުގެ މަސައްކަތެއް ކަމަށް ވިދާޅުވެ ޖަމިއްޔަތުއްސަލަފްގެ ރައީސް ޢަބްދުﷲ ޢަބްދުﷲ ބިން ޖަނާބް ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.
ޝައިޚް ބަޔާން ކުރައްވަވާފައި ވަނީ އަލްކައުޘަރު ސޫރަތުގެ 3 ވަނަ އާޔަތެވެ. ހަމަކަށަވަރުން، ކަލޭގެފާނުދެކެ ރުޅިއަރާ މީހާ އެއީ، ހުރިހާ ހެޔޮކަ މަކުން ކެނޑިގެންވާ މީހާއެވެ."
އެތީސްޓުންނަކީ ކީރިތި ޤުރްއާން ޤަބޫލުކުރާ ބައަކަށް ނުވި ނަމަވެސް މުސްލިމުން މިއާޔަތާއިމެދު ބިރުވެތިވާން ޖެހޭނެއެވެ. ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރާ މީހާއަކީ "ހުރިހާ ހެޔޮކަ މަކުން ކެނޑިގެންވާ މީހާއެވެ." އޮތުމުންނެވެ.
ޝައިޚް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ދިވެހިރާއްޖޭގެ އިސްލާމީވަންތަކަން އެއްކިބާކޮށް، ލާދީނިއްޔަތު ގެނައުމަށް ހުންނަ ހުރަސްތައް ނައްތައިލުމަށް ކުރެވިފައިވާ ޕްލޭންގެ ތެރެއިން އުފައްދާފައިވާ ހާސަރުތަކެއް ކަމަށެވެ. އެއްވެސް ދިރާސާއަކާއި ނުލައި ބައެއްގެ ރުޅިވެރިކަމާއި ނިރުބަވެރިކަން ފޮޅައިލުމުގެ މަސައްކަތެއް ކަމަށެވެ.
ޝައިޚް ވިދާޅުވީ ޝައިޚްގެ ނަމުގައި އެފްބީ އެކައުންޓަށް ނިޞްބަތްކޮށް އެ ރިޕޯޓުގައި އޮތްއިރު، އެފްބީ އެކައުންޓެއް މިއަދާއި ހަމައަށްވެސް ޝައިޚުގެ އަމިއްލަފުވިޔަސް އަދި އެނޫން ގޮތަކުން ވިޔަސް ގެންގުޅުއްވާފައި ނެތް އިރު މިހިރަ މިހިރަ ކަންކަމަކީވެސް ބޮޑެތި ޤައުމީ މައްސަލަތަކުގެ ދިރާސާ ހުންނަ "ގޮތޯލަ" ކަމަށެވެ.