"ވުމަން ބައި ޓޯކް އެމް" އިފްޠިތާޙްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
"ވުމަން ބައި ޓޯކް އެމް" އިފްޠިތާޙްކޮށްފި

"ވުމަން ބައި ޓޯކް އެމް” މަޖައްލާ މިއަދު އިފްޠިތާޙްކޮށްފިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ބައިވެރިވެ ވަޑައިގެންފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައި ވަނީ ރަސްފަންނުގައި ހުންނަ ޕެވިލިއަންގައެވެ. ވުމަން ބައި ޓޯކްއެމް މަޖައްލާއަކީ ކޮންމެ ތިންމަހަކުން އެއްފަހަރު ނެރުމަށް ހަމަޖެހިފައިވާ މަޖައްލާއެކެވެ. މި މަޖައްލާއަކީ ކަނބަލުންނާ ގުޅުންހުރި އެކިއެކި ދާއިރާތަކުން ދިރާސާކޮށްގެން މަޢުލޫމާތު ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ މަޖައްލާއެކެވެ.

މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި 'ވުމަން ބައި ޓޯކްއެމް' މަޖައްލާގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ އަރުވާފައެވެ.

މިއަދު އޮންލައިން