ރާއްޖެއިން އިސްލާމް ދީން ފުހެލައި ނައްތާލަން މަސައްކަތްކުރާ އެމްޑީއެންގެ ޗެއާޕާސަނަކީ ކައުންޓަރ ޓެރަރިޒަމްގެ ކަންކަމުގައި ސަރުކާރަށް ލަފާދޭން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޮންސަލްޓަންޓެއް ކަމަށްވުމުން ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
ބައެއް ފަރާތްތަކުން ބުނެފައިވަނީ އެމްޑީއެންގެ ރިޕޯޓަކީ ސަރުކާރުގެ ޕޮލިސީ ފެންވަރުގަ މަސައްކަތްކުރާ ބައަކު ނެރެފައިވާ ރިޕޯޓަކަށްވުމުން ރާއްޖެއިން އިސްލާމް ދީން ފުހެލަން ކުރާ މިފަދަ މަސައްކަތްތަކާއިމެދު ޝައްކުތައް ބޮޑުވެ އިތުރުވާ ކަމަށެވެ.
މިފެންވަރުގެ މީހުންގެ މައްސަލައެއް ބަލައި ފިޔަވަޅު އެޅިދާނެ ކަމާއިމެދުވެސް ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުން ގެންދާއިރު އެމްޑީއެންގެ ފައުންޑަރ ޝަހިންދާ އަކީ އަކީ ޖަލުތަކުގެ ކަންކަން ބަލަން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަންގެ މެންބަރެކެވެ. މަސައްކަތްކުރަނީ ހޯމް މިނިސްޓްރީ "ތެރެއިން"ނެވެ.
Our Chairperson @NooshinWaheed speaks about rehabilitation needs for returnees https://t.co/k6YTvYGbfB
— Mv Democracy Network (@MDN_mv) August 9, 2019