މިއީ ރައްޔިތުން އެމީހުން ހޮވާފަ ތިބި މެންބަރުން ގާތުގައި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށްދިނުމަށް އެދެންވީ ވަގުތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
މިއީ ރައްޔިތުން އެމީހުން ހޮވާފަ ތިބި މެންބަރުން ގާތުގައި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށްދިނުމަށް އެދެންވީ ވަގުތު!

މިއީ ރައްޔިތުން، ރައްޔިތުންގެ މަޖިލީހަށް އެމީހުން ހޮވާފައި ތިބި މެންބަރުންގެ ގާތުގައި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށްދިނުމަށް އެދެންވީ ވަގުތު ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. 

ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ބައަކު އިސްވެ ތިބެ ހިންގާ އެމްޑީއެން އިން އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަސް ފުރައްސާރަކޮށް ޝައިޠާނީ ކަރުދާސްތަކެއް ޢާންކޮށްފައިވާކަން އެނގުނު ހިސާބުން ގިނަ ބައަކު ދަނީ އެކަމާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

ގިނަ ބައަކު ބުނަމުން ގެންދަނީ މިޙާލަތުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަދައިން ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކޮށް އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރުން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އަދާކުރަންޖެހޭ ދައުރު ވަރަށް ބޮޑު ކަމަށެވެ. ކޮންމެ މެންބަރަކުވެސް ހުވާކޮށްގެން ތިބީ މާތް ﷲ ގަންދީ ކަމަށްވުމުން ކޮށްގެން ތިބި ހުވާ ނަގަހައްޓައި ދަމަހައްޓަން ޖެހޭނެ ކަމަށެވެ.

 

މިއަދު އޮންލައިން