އިސްލާމް ދީނުގެ ދިފާޢުގަ ޙައްޤުބަސް ބުނެ އެކަމަށް މަސައްކަތް ކުރުމަކީ ޓެރަރިޒަމް ކަމަށް ޤާނޫނުން ފެންނަނީ ޝަހިންދާއަށް އެކަނި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
އިސްލާމް ދީނުގެ ދިފާޢުގަ ޙައްޤުބަސް ބުނެ އެކަމަށް މަސައްކަތް ކުރުމަކީ ޓެރަރިޒަމް ކަމަށް ޤާނޫނުން ފެންނަނީ ޝަހިންދާއަށް އެކަނި!

އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ރިޕޯޓުގައި ހުރި އިސްލާމް ދީނަށް ފުރައްސާރަކުރުމާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކޮށް އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރުމުގެ މައްސަލަތައް ފާހަގަކުރުމުން ޝަހިންދާ ބުނަނީ އެ އުޅެނީ މަޖިލީހުން ޓެރަރިޒަމް ޤާނޫނު ފާސްކުރުމުން އެކަމާއި ބިރުން ކަމަށެވެ. ބިރުގަތް ނަމަވެސް ޤާނޫނު އެއޮތީ ފާސްކޮސްފައި ކަމަށެވެ.

ޝަހިންދާ މިމޭރުމުން ބުނި ނަމަވެސް ކުރިމަތިވެފައިވާ މައްސަލަ އާއި ޝަހިންދާ ދައްކާ އެ ވާހަކަ ގުޅެނީ ކޮންގޮތަކަށްކަން ބުނެއެއް ނުދެވެއެވެ. އެވަރު ނުއެނގި ތިބެ ޝަހިންދާގެ ސަޕޯޓަރުން ގެންދަނީ ޝަހީންދާގެ ވާހަކަތައް މާމޮޅު ވާހަކަތަކަކަށް ހަދައި ފަތުރަމުންނެވެ.  

ޓެރަރިޒަމްގެ ޤާނޫނުގައި ޓެރަރިޒަމަކީ ކޮބައިކަން ވަނީ ވަރަށް ރަނގަޅަށް ބަޔާންކޮށްފައެވެ. އިސްލާމް ދީން ޙިމާޔަތްކޮށް ކުރިއަރުވަން މަސައްކަތް ކުރުމާއި އިސްލާމް ދީނުގެ ދިފާޢުގައި މަސައްކަތްކުރުމަކީ، އަދި އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކޮށް ބަދުބަސް ބުނުމުން އެކަންކަމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވަނިކޮށް ފެންނަނީ ޝަހިންދާ އަށާއި ޝަހިންދާގެ ބައިވެރިންނަށް އެކަނިކަން ފާހަގަކުރެވެއެވެ.  

ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރަން މަސައްކަތްކުރުމަކީ ޞައްޙަ ކޮންމެ ދިވެހި ރައްޔިތެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. ޞަޢްޙަ ދިވެހި ރައްޔިތުން ތިބީ އެމަސައްކަތުގައި ފަސް ނުޖެހި ކުރިއަށް ދިއުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއް ވުމަށް ތައްޔާރަށްކަން ޞައްޙަ ދިވެހި ރައްޔިތުން ގެންދަނީ ހާމަކުރަމުންނެވެ.  

ޞައްޙަ ދިވެހި ރައްޔިތުންނަކީ ކޮބައިކަން ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ. ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެ ޝަރުޠުތައް ފުރިހަމަ ނުވާ އެއްވެސް މީހަކީ ދިވެހި މަންމަ އަކާއި ބައްޕައަކަށް އުފަންވި ނަމަވެސް ޞައްޙަ ދިވެހި ދަރިއެއް ނޫންކަން ޤާނޫނުގައި ވަރަށް ސާފެވެ. ވީމާ އިސްލާމް ދީންކޮށްލައިގެން ހުރި އެއްވެސް މީހަކީ ޞައްޙަ ދިވެހި ރައްޔިތެއް ނޫންކަން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ވަރަށް ސާފެވެ.

މިއަދު އޮންލައިން