ރައީސް ނަޝީދު، އެމްޑީއެންގެ ރިޕޯޓް ކުށްވެރި ނުކުރައްވައި ދީނީ ޢިލްމުވެރިންގެ މަސައްކަތަށް ފާޑު ވިދާޅުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރައީސް ނަޝީދު، އެމްޑީއެންގެ ރިޕޯޓް ކުށްވެރި ނުކުރައްވައި ދީނީ ޢިލްމުވެރިންގެ މަސައްކަތަށް ފާޑު ވިދާޅުވެއްޖެ

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް" ކުށްވެރި ނުކުރައްވައި އެމްޑީއެންގެ ރިޕޯޓް ކުށްވެރިކުރަން ދީނީ ޢިލްމުވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ފާޑު ވިދާޅުވެ އެއީ ސިޔާސީ މަސައްކަތެއް ކަމަށް ސިފަކުރައްވައިފިއެވެ. 

"އިސްލާމް ދީނަކީ އެންމެ މާތް އަދި އެންމެ ތަހްޒީބީ ދީން. ސިޔާސީ ފުރުޞަތު ހޯދުމަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގަ ބޭނުންކުރުމަކީ އަޅުގަނޑަށް ފެންނަ ގޮތުގަ އެންމެ ބޮޑަށް އިސްލާމް ދީނަށް ފުރައްސާރަކުރުން."

ރައީސް ނަޝީދު 

ރައީސް ނަޝީދުގެ މިބަސްފުޅުން އެނގެނީ އިސްލާމް ދީނުގެ ހިމާޔަތުގައި ދީނީ ޢިލްމުވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ ސިޔާސީ ފުރުޞަތުތަކެއް ހޯއްދަވަން ކުރައްވާ މަސައްކަތްޕުޅުތަކެއް ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމެވެ. އިސްލާމް ދީނުގެ ކަންކަމަށް މިފަދަ މައްސަލަތައް ކުރިމަތިކުރެއްވުމުގެ ކުރިން އިސްލާމް ދީނަށް ތަޢްރީފްގެ ބަސް ވިދާޅުވުމަކީ ވެސް ރައީސް ނަޝީދު އަބަދުވެސް ކުރައްވަމުން ގެންދަވާ ކަމެކެވެ.

މިއަދު އޮންލައިން