އަދާލަތު ޕާޓީ އާއިމެދު ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެންގެ ފައުންޑަރ މެންބަރު ޝަހިންދާ މިހައި ބޮޑު ދޮގު މައުލޫމާތު މިދެނީ ރާއްޖެއިން އިސްލާމް ދީން ފުހެ ނުލެވި ލަސްވާތީ ކަންބޮޑުވާވަރުން ކަމާއިމެދު ސުވާލު އުފެދެއެވެ.
ބޮޑެތި ދޮގުތައް ހަދައި އަދާލަތު ޕާޓީގެ ބޮލުގަ ދޮގު އިލްޒާމްތައް އެޅުވިއިރު އެއިން އެއްވެސް ކަމެއް ސާބިތުކޮށްދޭން އެއްވެސް ހެއްކެއް ދެއްކިފައިނުވާކަން ސާބިތުވެފައިވެއެވެ.
ޝަހިންދާ މިއަޅުވާފަދަ ދޮގު އިލްޒާމްތައް ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް ނަޝީދުވެސް ވަނީ އަޅުވައިފައެވެ. ޝައިޚް އިމްރާން ޢާއި ޑރ. ޝަހީމް އަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާގެ ވެބްސައިޓުގައިވެސް ޝާއިޢުކުރިއެވެ. އެހެންކަމުން އެމްޑީއެން ދިފާޢުކުރަން ރައީސް ނަޝީދު ބަސްވިދާޅުވުމަކީ ރައީސް ނަޝީދު އާއި އެމްޑީއެން ހުރި ގުޅުން އަނގައިދޭ ކަމެއް ނޫންބާވައެވެ!
https://twitter.com/i/status/1180507827271426049