ދިރާގުން ޓީޗަރުންނަށް "އޭ ޕްލަސް" ދީފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ދިރާގުން ޓީޗަރުންނަށް "އޭ ޕްލަސް" ދީފި!

ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ދިރާގުން ޓީޗަރުންނަށާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް "އޭ ޕްލަސް" ގެ ނަމުގައި ހާއްސަ އޮފާއެއް ތައާރަފްކޮށްފިއެވެ. 

"އޭ ޕްލަސް" އޮފާގެ ދަށުން ޓީޗަރުންނަށް އަލަށް ގަންނަ ފައިބާ ބްރޯޑް ބޭންޑް ކަނެކްޝަން ގުޅައިދިނުމާ އެކު އޯއެންޓީ (މޮޑެމް) ހިލޭ ލިބޭނެ އެވެ.  އަދި ޕޯސްޓްޕެއިޑް ގެންގުޅޭ ޓީޗަރުންނަށް ތިން މަސް ދުވަހުގެ ހިލޭ ޑޭޓާ ވެސް މި އޮފާގެ ތެރެއިން ލިބޭނެ އެވެ.

350 އިން މަތީގެ ޕެކޭޖުގެ ޕޯސްޓްޕެއިޑް ނަންބަރުތަކަށް ހިލޭ ޑޭޓާ ލިބޭއިރު ޕޯސްޓްޕެއިޑް ގެންގުޅޭ ޓީޗަރުންނަށް ތިން މަސް ދުވަހުގެ ހިލޭ ޑޭޓާ ވެސް މި އޮފާގެ ތެރެއިން ލިބޭނެ އެވެ. 

ދިރާގުގެ މި "އޭ ޕްލަސް" އޮފާ ލިބޭނީ މި މަސް ނިމުމުގެ ކުރިން އެ މީހަކު އުޅޭ ސްކޫލެއްގެ ތައްގަނޑު ޖެހުމަށް ފަހު ދިރާގަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުންނެވެ. 

މިއަދު އޮންލައިން