ދީނަށް ފުރައްސާރަކުރާ ބައަކު އިސް މަޤާމުތަކުގައި ބޭތިއްބުމަކީ ރައްޔިތުންނަށް އޮތް ކިހައިވަރެއްގެ ބިރެއްކަން ދިރާސާ ކުރަން ޖެހޭ!: ކަނޑުވައި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ދީނަށް ފުރައްސާރަކުރާ ބައަކު އިސް މަޤާމުތަކުގައި ބޭތިއްބުމަކީ ރައްޔިތުންނަށް އޮތް ކިހައިވަރެއްގެ ބިރެއްކަން ދިރާސާ ކުރަން ޖެހޭ!: ކަނޑުވައި

ފައިސާގެ ދަހިވެތިކަމުގައި ނަމަވެސް، އަދި އިސްލާމް ދީން ދެކެ އަންނަ ރުޅީގައި ނަމަވެސް އިސްލާމް ދީނަށާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރައްސާރަކުރާ ބައަކު ސަރުކާރުގެ އިސްމަޤާމުތަކުގައި ބޭތިއްބުމަކީ ރައްޔިތުންނަށާއި ސަރުކާރަށް އޮތް ކިހައިވަރެއްގެ ބޮޑު ބިރެއްކަން ދިރާސާ ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ އިސް މެންބަރެއް ކަމަށްވާ ކަނޑުވައި އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

އިބްރާހީމް ރަޝީދު މިމޭރުމުން ވިދާޅުވެފައި މިވަނީ ރާއްޖެއިން އިސްލާމް ދީންއ ފުހެލަން މަސައްކަތްކުރާ އެމްޑީއެންގެ އިސް މީހުން ސަރުކާރުގެ ޕޮލިސީ މޭކިންގ ލެވެލް އިން ފެށިގެން ސަރުކާރުގައި ތިބުމުން ރައްޔިތުންގެ ކަންބޮޑުވުން ފައުޅުކޮށް ސަރުކާރަށް ބަސްތައް އަމާޒުކުރަމުން ގެންދާ ވަގުތެއްގައެވެ. އެމްޑީއެން އިން މިފަދަ އަމަލުތައް ކުރަނީ ސަރުކާރުގެ ތެރެއިން ބާރާއި ހިތްވަރު ލިބިގެން ކަމަށް ބުނެ މިހާރުވެސް ގިނަ ބައަކު ދަނީ ސަރުކާރަށް ނަފްރަތުކުރަމުންނެވެ.

ގިނަބައަކު ބުނަމުންދަނީ ޤާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ބަޔާންކޮށްފައި ވަނިކޮށް އިސްލާމް ދީނުގެ ޢަދާވާތްތެރިން ދައުލަތުގެ އިސް މަޤާމުތަކުގައި ބައިތިއްބާނަމަ އެކަމުން އެނގެނީ އިސްލާމް ދީނުގެ ޢަދާވާތްތެރިންނަށް ސަރުކާރުން އިހްތިރާމާއި ޤަދަރުކުރާ ކަން ކަމަށެވެ. އަދި އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކޮށް ބަދުބަސް ބުނުމަކީ ސަރުކާރުން ހިތްވަރުދޭ ކަމެއްކަން ކަމަށެވެ.

މިކަމާއި ގުޅިގެން އިބްރާހީމް ރަޝީދު ވިދާޅުވީ:

"ރިސްކް އެސެސްމަންޓް ހަދަން ޖެހެނީ އެބައެއްގެ ފުށުން އެހެން ބައަކަށް ނުވަތަ މުޖުތަމައަށް ކޮށްފާނެ ނުރައްކަލާ ހެދިއެވެ.

މި ރިޕޯޓް (އެމްޑީއެން އިން ނެރުނު ޝައިޠާނީ ރިފޯމް ކަރުދާސް) ލިޔުނު މީހުން ސަރުކާރާއި ދައުލަތުގެ އެންމެ އިސްމަޤާމްތަކުގައި ތިބުމަކީ އެމީހުންގެ ހިތްތަކުގައި އިސްލާމް ދީނުގެ ބަސް ބުނާ މީހުންނާއި އޮތް ހަސަދަވެރިކަމުގައި، ޙައްޤުން އެއްކިބާވެ ތިބެ ރިޕޯޓް ލިޔުނު ގޮތަށް، ޙައްޤުން އެއްކިބާވެ ރައްޔިތުންނާއިމެދު އަމަލުކުރަން ފަސް ނުޖެހޭނެ ކަމަކަށް ވާތީ އެމީހުން ޙައްޤުން ބޭރުން އެފަދަ ކަންކަން ކުރުމުގެ ފުރުޞަތު ދިނުމަކީ ވަރަށް ނުރއްކާތެރިކަން ބޮޑުކަމަކަށް ވާތީއެވެ.

މިމީހުންގެ ރިޕޯޓްތައް ތައްޔާރުކުރަނީ ބޭރު ދައުލަތެއްގެ އަމިއްލަ ޖަމިއްޔާއަކުން ފައިސާދީގެން ރާއްޖޭގައި "ޓެރަރިޒަމްގެ ދިރާސާ" ކުރުމުގެ ނަމުގައި ކަމަށްވާތީ ފައިސާގެ ދަހިވެތި ކަމުގައި ވިޔަސް އެފަދަ ކަންކަން ކުރުން ހުއްޓުވައި ރައްކައުތެރި ކަމުގެ ފިޔަވަޅު އަޅަން ޖެހެއެވެ."

މިއަދު އޮންލައިން