އިސްލާމް ދީނުގެ ވާހަކަތައް ދައްކަން ރައީސް މުޙައްމަދު ނަޝީދު އިލްތިމާސް ކުރެއްވި ތަރަހައިގެ ތެރެއިން ވާހަކަ ދައްކަވަން ދިގު މުއްދަތެއްގައި ވަޒީރުކަން ކުރައްވާފައިވާ އަދި މިއަދުނޫހުގެ ބާނީ އަހްމަދު ޢަބްދުﷲ ރައީސް ނަޝީދަށް އިލްތިމާސް ކުރައްވައިފިއެވެ.
"އާދެ! މަނިކުފާނުވެސް ދީނުގެ ވާހަކަ ތިއަ ވިދާޅުވި ތަރަހައާއި އިންތަކަށް ވިސްނަވައިގެން ވާހަކަ ދެއްކެވުން އެދެން."
- އަޙްމަދު ޢަބްދުﷲ
Aadhe, Manikufaanu ves dheenuge vaahaka thiya vidhaalhuvi tharaha aai in thakah visnavaigen vaahaka dhekkevun v edhen,
— Ahmed Abdullah (@AhmedMascot) October 6, 2019
އަޙްމަދު ޢަބްދުﷲ މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ރައްޔިތުންގެ ތާއީދު ލިބިވަޑައިގެން ހުންނަވައިމެ އިސްލާމް ދީނާއި ގުޅޭ ގޮތުން ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކުން ރައްޔިތުންގެ މެދުގައި ފިތުނަ އުފެދި ބައިބައިވުން އިތުރުވާތީ ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ވަގުތެއްގައެވެ.
"އިސްލާމް ދީނުގެ ކަންކަން އޮންނަ ގޮތާއި ގުޅޭގޮތުން ލިޔެފައިވާ ވާހަކަތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސް ކުރައްވާ ނުކުތާތައް. އެފަދަ ކަންކަމަށް ޢާންމު މީހުން ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ."
- ރައީސް ނަޝީދު
"އަޅުގަނޑު އެމްޑީއެންގެ ރިޕޯޓް ކިޔައިފިން. އެއިގައި ނުރަނގަޅުކޮށް ކަންކަން ހުރިކަން ފާހަގަކުރެވޭ. މާތް ﷲ އާއި ކީރިތި ރަސޫލާ (ޞޢވ) އާއި ބެހޭ ގޮތުން އެކަށީގެން ނުވާ ބަސްތަކެއް ގެނެވެވިފައި ވުން. އެއީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫން!"
- ރައީސް ނަޝީދު