ވިލިނގިލީ ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެލި ނެގި މައްސަލަ ބަލަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ވިލިނގިލީ ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެލި ނެގި މައްސަލަ ބަލަނީ!

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ގއ.ވިލިނގިލީ ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެލި ނެގި ދެ މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނި ގއ. ވިލިނގިލިން ގަވާއިދާއި ހިލާފަށް ވެލި ނަގަމުންދާ ކަމަށްބުނެ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައެއް އީޕީއޭއާ ގުޅިގެން ބަލަމުންދާ ކަމަށާއި، އެކަމާއި ގުޅިގެން އަޅަން ޖެހޭ ގާނޫނީ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ފުލުހުން ބަލަމުންދާ އެއް މައްސަލައަކީ އިއްޔެ ގއ. ވިލިނގިލި އިބްރާހިމް މުހައްމަދު ކަލޭފާނު މަގު ގޮނޑުދޮށުން 61 ބަސްތާ ވެލި ނެގި މައްސަލަ އެކެވެ. ދެވަނަ މައްސަލައަކީ މިއަދު އެ ރަށު ކުނިކޮއްޓާއި ދިމާލުން ގޮނޑުދޮށުން 100 ބަސްތާ ވެލި ނެގި މައްސަލަ އެކެވެ. 

ފުލުހުން ބުނެފައިވަނީ ގެދޮރު އިމާރާތް ކުރުމަށް ނުވަތަ ފަރުދީ އެހެން އެއްވެސް ބޭނުމަކަށް ގަލާއި ވެއްޔާއި އަކިރި ނަގަންވާނީ "ރާއްޖެތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުން ގަލާއި ވެއްޔާއި އަކިރި ނެގުމުގެ ގާނޫނާއި އަދި ގަލާއި ވެއްޔާއި އަކިރި ނެގުމުގެ ގަވާއިދުގެ އިތުރުން ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅު ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު"ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އީޕީއޭއިން ހުއްދަ ދީފައިވާ ތަންތަނުން ކަމަށެވެ.

 

 

މިއަދު އޮންލައިން