ތިން ކޯޒްވޭއެއް ޑިޒައިންކޮށް އީއައިއޭ ހަދަން ބަޔަކާ ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ތިން ކޯޒްވޭއެއް ޑިޒައިންކޮށް އީއައިއޭ ހަދަން ބަޔަކާ ހަވާލުކޮށްފި

ތިން ކޯޒްވޭއެއް ޑިޒައިންކޮށް އީއައިއޭ ހަދަން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާ އިން އިންސާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

ޑިޒައިންކޮށް އީއައިއޭ ހަދަން ހަވާލުކޮށްފައިވަނީ ތ. ވޭމަންޑޫ އާއި ތ. ކިނބިދޫއާ ދެމެދު އަޅަން ނިންމާފައިވާ ކޯޒްވޭ އާއި ގދ. ފަރެސްމާތޮޑާ އާއި، ފަރެސްމާތޮޑާ އެއާޕޯޓް އަދި މަޑަވެއްޔާއި ހޯޑެއްދޫ ކޯޒްވޭ އަދި މ. މުއްޔާއި މ. ނާލާފުށި ކޯޒުވޭއެވެ.

ތ. ވޭމަންޑޫ އާއި ތ. ކިނބިދޫއާ ދެމެދު އަޅަން ނިންމާފައިވާ ކޯޒްވޭގެ ޑިޒައިނާއި އީއައިއޭގެ މަސައްކަތް 33 ދުވަހުގެ ތެރޭގައި ނިން މާގޮތަށް ހަވާލު ކޮށްފައި ވަނީ، 185,000.60 ރުފިޔާއަށެވެ. ގދ. ފަރެސްމާތޮޑާ އާއި، ފަރެސްމާތޮޑާ އެއާޕޯޓް އަދި މަޑަވެއްޔާއި ހޯޑެއްދޫ ކޯޒުވޭގެ ޑިޒައިނިނާއި އީއައިއޭގެ މަސައްކަތް 80 ދުވަހުގެ ތެރޭގައި ނިންމަން ހަވާލު ކޮށްފައި ވަނީ 174,661.50 ރުފިޔާ އަށެވެ. އަދި  މ. މުއްޔާއި މ. ނާލާފުށިގެ ކޯޒުވޭ ޑިޒައިނާއި އީއައިއޭގެ މަސައްކަތް  39 ދުވަހުގެ  ތެރޭގައި ނިން މާގޮތަށް ހަވާލު ކޮށްފައި ވަނީ 210,000.33 ރުފިޔާއަށެވެ.

މި އެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އިންސާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓް އިންޖިނިއާ އާދަމް ސާނީޒެވެ.

 

މިއަދު އޮންލައިން