އަގުހުރި އިނާމްތަކާއެކު ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ރެޑްވޭވް އިން މިއަދު ފަށައިފިއެވެ.
މިޕްރޮމޯޝަން ކުރިއަށްދާނީ 6 އޮކްޓޯބަރު 2019 އިން ފެށިގެން 15 ޖެނުއަރީ 2020 ގެ ނިޔަލަށެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ރެޑްވޭވް ގެ ހުރިހާ ފިހާރައަކުން ކަނޑައެޅިފައިވާ އައިޓަމްސްތަކަކަނުން ބޮޑެތި ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި މިޕްރޮމޯޝަނުން ގިނަފަރާތްތަކަކަށް ފައިސާގެ އިނާމާއި އެކު އަގުބޮޑު އިނާމްތަކެއް ލިބިގެންދާނެކަމުގައި ރެޑްވޭވުން ވަނީ ބުނެފައެވެ.
މި ޕްރޮމޯޝަންގައި ރެޑްވޭވް ފިހާރައަކުން ކުރާ ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ގުރުއަތުން ހޮވޭ 5 ފަރާތަކަށް 10،000ރުފިޔާ ލިބޭއިރު އިތުރު 10 ފަރާތަކަށް 10 އިނާމް ރެޑްވޭވަށް އިންޕޯޓުކުރަމުންދާ ފަރުނީޗަރ އަދި ބޮޑެތި އިލެކްޓްރޯނިކް އެޕްލައިންސް އިން ލިބިގެންދާނެއެވެ.
މީގެ އިތުރުންވެސް ސޯޝަލް މީޑިއާގައި ބޮޑެތި އިނާމްތަކެއް ލިބިގެންދާ ޙާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ދާނެކަމަށް ރެޑްވޭވުން ބުނެފައިވެއެވެ.
މިޕްރޮމޯޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމް އެފް އެލްސީ އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް، ވިޔަފާރިކުރައްވާ ފަރާތްތަކަށް ބައިވެރިވެވަޑައި ގަނެވޭނެއެވެ.