ގަލުވަޑާމުގެ މަސައްކަތް ދަސްކޮށްދޭ ކޯސް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
ގަލުވަޑާމުގެ މަސައްކަތް ދަސްކޮށްދޭ ކޯސް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި

ގަލުވަޑާމުގެ މަސައްކަތް ދަސްކޮށްދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ޤަދީމީ ކަލެކްޝަނާއި މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްއިން ގުޅިގެން ހިންގި "ސަގާފީ ހިރިގަލުވަޑާން ކޯސް" ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

2 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެނދިޔަ މި ކޯހުގައި 10 ޒުވާނަކު ވަނީ ބައިވެރިވެފައެވެ.

ސަގާފީ ހިރިގަލުވަޑާން ކޯސް ނިންމުން ފާހަގަ ކޮށް ހަނދާނީލިޔުން ދިނުމަށް ބޭއްވި ހަފްލާގައި މި ކޯހުގެ ބައިވެރިންގެ ގަލުވަޑާކުގެ ބައެއް މަސައްކަތްތައް ވަނީ ދައްކާލާފައެވެ.

ހިރިގަލުވަޑާމުގެ މަސައްކަތް ދަސްކޮށްދިނުމަށް މީގެކުރިން މިގޮތަށް ކޯހެއް ހިންގާފައެއް ނުވެއެވެ.

މިއަދު އޮންލައިން