ދިން ބޭހަކުން ކުޑަކުއްޖަކު ދާއިމީކޮށް ބީރުވި މައްސަލާގަ ގެއްލުމުގެ ބަދަލަށް ދައުލަތުން 7 މިލިއަން ރުފިޔާ ދީފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ދިން ބޭހަކުން ކުޑަކުއްޖަކު ދާއިމީކޮށް ބީރުވި މައްސަލާގަ ގެއްލުމުގެ ބަދަލަށް ދައުލަތުން 7 މިލިއަން ރުފިޔާ ދީފި!

ދިން ބޭހަކުން ކުޑަކުއްޖެއްގެ ކަންފަތް ދާއިމީކޮށް ބީރުވި މައްސަލާގައި އެކުއްޖާއަށް ގެއްލުމުގެ ބަދަލަށް ދައުލަތުން 7.1 މިލިއަން ރުފިޔާ ދީފިއެވެ.

މިކުއްޖާގެ ކަންފަތް ބީރުވީ ތިނަދޫ ހޮސްޕިޓަލުން ދިން ބޭހެއްގެ ސަބަބުންނެވެ. އޭނާގެ ކަންފަތް ދާއިމީކޮށް މި ބޭސް ބޭނުން ކުރުމުގެ ސަބަބުން ބީރުވިއެވެ. މިކަން ހިނގާފައިވަނީ މީގެ 11 އަހަރު ކުރިންނެވެ.

މިކަމާގުޅިގެން މިކުއްޖާގެ ބައްޕަ ދައުލަތާއި ދެކޮޅަށް މައްސަލަ ޖެއްސިއެވެ. އެހެން ނަމަވެސް ސިވިލް ކޯޓުންވެސް އަދި ހައިކޯޓުންވެސް މި މައްސަލާގައި ޑޮކްޓަރުންގެ އިހުމާލެއް ނެތް ކަމަށް އޭރު ހުކުމްކުރިއެވެ. 

ނަމަވެސް މި މައްސަލަ ސުޕްރީމް ކޯޓުގައި ކުއްޖާގެ އާއިލާގެ ފަރާތުން އިސްތިއުނާފު ކުރުމުން މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުން ވަނީ އިހުމާލުވިކަން ސާބިތުނުވާ ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް، ގެއްލުމުގެ ބަދަލަށް 7.1 މިލިއަން އެ ކުއްޖާގެ ބައްޕައަށް ދޭން ދައުލަތުގެ މައްޗަށް ހުކުމް ކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ފަރާތުން އެކި ކުންފުނިތަކަށާއި މީހުންނަށް ދޭންޖެހޭ ފައިސާގެ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ މިހާރު ދީފައިވާ ކަމަށެވެ.

މިއަދު އޮންލައިން