ގެމަނަފުށިން ގެއްލުނު މީހާ ފެނިއްޖެ!

ކިޔުމަށް ހޭދަވާނީ 45ސ
ގެމަނަފުށިން ގެއްލުނު މީހާ ފެނިއްޖެ!

ގއ. ގެމަނަފުށިން މީހަކު ގެއްލިގެން މިއަދު ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

އެނގިފައިވާ ގޮތުގައި މިއަދު މެންދުރެއްހާއިރު އަބްދުﷲ އައްބާދު ނަމަކަށް ކިޔާ މީހަކު އޭނާގެ ފޭސްބުކް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ބައްޕަ ގއ. ގެމަނަފުށި/ސޯސަންގެ އިބްރާހިމް ދީދީ މިއަދު ހެނދުނު ބާޒާރަށް ދިޔަގޮތަށް އެނބުރި ނައުމާއި ގުޅިގެން ހޯދި ހޯދުމުން ވެސް ނުފެނިފައިވާ ކަމަށެވެ. އެހެންކަމުން އިބްރާހިމް ދީދީ ހޯދުމަށް އެހީތެރިވެދިނުމަށް އައްބާދު އެދިފައިވެއެވެ.

ނަމަވެސް މީގެ ގަޑިއިރެއްހާއިރު ކުރިން އައްބާދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ބައްޕަ މިހާރު ފެނިފައިވާ ކަމަށެވެ. އަދި އިބްރާހިމް ދީދީ ހޯދައިދިނުމަށް އެހޯތެރިވެދިން މީހުންނަށް އޭނާ ޝުކުރު އަދާކޮށްފައިވެއެވެ.

މިމައްސަލަ ފުލުހުންނަށް ރިޕޯޓު ކުރިކަމެއް އަދި އިބްރާހިމް ދީދީ ފެނުނީ ކޮންތާކުން ކިހިނެއްކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިއަދު އޮންލައިން