ޗައިނާއިން އެކަނިވެސް ރާއްޖޭގެ ރިޒޯޓްތައް ފުރާލެވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޗައިނާއިން އެކަނިވެސް ރާއްޖޭގެ ރިޒޯޓްތައް ފުރާލެވިދާނެ!

އޭސިއާއި ޕެސިފިކްގެ 5 ޤައުމަކަށް ފަތުރުވެރިން ޒިޔާރަތް ކުރުމުގައި ޝައިނާގެ ފަތުރުވެރިން އެއްވަނަ ހޯދައިފިއެވެ. އެއީ ބޭންގކޮކް، ދެކުނު ކޮރެއާ، މެލޭސިޔާ، ޓޯކިޔޯ އަދި ސިންގަޕޫރެވެ. 

މާސްޓަރ ކާޑުން ހާމަކުރި ރިޕޯޓުގައިވާ ގޮތުން މީގެ އިތުރުން 82 ޤައުމަކަށް ޗައިނާގެ ފަތުރުވެރިން ޒިޔާރަތްކުރުމުގައި ވަނީ 3 ވަނަ ހޯދައިފައެވެ. އެހެންކަމުން ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކުރާ މަސައްކަތް އިތުރުކުރެވިއްޖެނަމަ ރާއްޖޭގެ ހުރިހާ ރިޒޯޓުތައް ފުރައިލެވޭ ވަރަށް ޗައިނާއިން އެކަނިވެސް ފަތުރުވެރިން ލިބުމުގެ ފުރުޞަތު އެބަ އޮތެވެ. 

ފާއިތުވި 7 ވަރަކަށް އަހަރަށް ބެލި ނަމަވެސް ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ ޗައިނާގެ ފަތުރުވެރިންނެވެ. ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ދާދިފަހުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިވެސް ވަނީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ޗައިނާގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވައިފައެވެ.

 

މިއަދު އޮންލައިން