"ދިރާގު މާލެ އޯޕަން" ފެތުމުގެ މުބާރާތް އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
"ދިރާގު މާލެ އޯޕަން" ފެތުމުގެ މުބާރާތް އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން، ބާއްވާ "ދިރާގު މާލެ އޯޕަން" ފެތުމުގެ މުބާރާތް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްވިމް މޯލްޑިވްސްގެ ރައީސް ހުސައިން ޝަމީމް ވިދާޅުވީ  ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފެތުމުގެ މި މުބާރާތުގައި 198 ފެތުންތެރިން ބައިވެރިވާނެ ކަމަށާއި މި މުބާރާތް އާންމުންނަށް ހުޅުވާލީ ރާއްޖެ އަކީ ފެތުންތެރިން އުޅޭ ގައުމަކަށް ހަދައި ފެތުންތެރިން އިތުރު ކުރުމަށް ކަމަށެވެ.

މި މުބާރާތުގައި އެއް ކިލޯ މީޓަރާއި 500 މީޓަރުގެ ފެތުން ވެސް އޮންނާނެ އެވެ. އުމުރުފުރާތަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާއިރު 10 އަހަރުން ދަށުގެ އުމުރުފުރާ، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 20 އަހަރުން ދަށް، 39 އަހަރުން ދަށް، 49 އަހަރުން ދަށް އަދި 50 އަހަރުން މަތީގެ އުމުރުފުރާ ވެސް ހިމެނޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މި މުބާރާތް ބާއްވަނީ ރަސްފަންނު ސަރަހައްދާ ދިމާލުން ކަނޑުގައެވެ.

 

މިއަދު އޮންލައިން