ސައިކަލަކުން ވެއްޓި ނ. ކެނދިކުޅުދޫގައި އަންހެނަކު މިއަދު ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ސައިކަލުން ވެއްޓި ލިބުނު އަނިޔާތަކެއްގެ ސަބަބުން ނިޔާވެފައިވަނީ ޝަމްސިއްޔާ ޔޫސުފް (40އ.) ކިޔާ މީހެކެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށްވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ސައިކަލުގައި ދުއްވާފައިވަނިކޮށް ކަހާލައިގެން ވެއްޓިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހަަދިސާ ހިނގިއިރު ސައިކަލު ދުއްވަން އިނީ ޝަމްސިއްޔާ އެކަންޏެވެ. އަދި އޭނާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބުންކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ޝަމްސިއްޔާ ނިޔާވެފައިވަނީ ކެނދިކުޅުދޫ ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ