ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި ޕެރެމެޑިކް 21 އެމްބިޔުލާންސް ހެލްތް މިނިސްޓްރީ އާއި ޙަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި ޕެރެމެޑިކް 21 އެމްބިޔުލާންސް ހެލްތް މިނިސްޓްރީ އާއި ޙަވާލުކޮށްފި

ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ޕެރެމެޑިކް 21 އެމްބިޔުލާންސް ހެލްތް މިނިސްޓްރީ އާއި ޙަވާލުކޮށްފި އެވެ. 

ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތައް ޙަވާލްކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއީއެވެ.  މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްބިއުލާންސްތަކާއި ޙަވާލުވެވަޑައިގެނެނެވީ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނެވެ. 

މި 21 އެމްބިޔުލާންސަކީ 1.4 މިލިއަން ޑޮލަރުގެ އަގުހުރި އެމްބިޔުލާންސްތަކެކެވެ.   

ޖަޕާނަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އަށް، ޚާއްޞަކޮށް ތައުލީމީ ދާއިރާއަށާއި ޞިއްހީ ދާއިރާއަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ.  

 

މިއަދު އޮންލައިން