ދިވެހިރާއްޖޭގެ ޞިއްޙީދާއިރާގެ ޚިދުމަތްތައް ތަރައްޤީކުރުމަށާއި، ސަރުކާރުގެ ޞިއްޙީދާއިރާގެ ވަޢުދުތަކުގެތެރޭގައި ހިމެނޭ "ނޭޝަނަލް އެމްބިއުލާންސް ސާވިސް" ތަޢާރަފްކުރުމަށްޓަކައި ރާއްޖޭގެ ހުރިހާރަށަކަށް އެމްބިއުލާންސް ހަމަކުރުމުގެ ރަސްމިއްޔާތު ބާއްވައި 25 ރަށަކަށް އެމްބިޔުލާންސް ޙަވާލުކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ބުނެފައިވަނީ މިއަދުގެ ރަސްމިއްޔާތުގައި އެއްވެސް ގޮތަކަށް އެމްބިއުލެންސްގެ ޚިދުމަތް ލިބިފައިނުވާ ހަތަރު ރަށަކަށް ވެސް އެމްބިއުލެންސް ވަނީ ޙަވާލުކޮށްފައެވެ. އަދި މީގެ އިތުރުން ވަރަށް ކައިރި މުސްތަޤުބަލެއްގައި އެމްބިއުލާންސް ހަވާލުކުރުމަށް ހަމަޖެހިފައިވާ 26 ރަށެއް މިއަދުގެ ރަސްމިއްޔާތުގައި ވަނީ އިޢުލާނުކޮށްފައެވެ.
މިއަދު ޙަވާލްކުރި އެމްބިއުލާންސްތަކުގެ ތެރޭގައި ޖަޕާނު ސަރުކާރުން މިމަހުގެ 8 ވަނަ ދުވަހު ރާއްޖެއަށް ހަދިޔާކުރި 21 ޕެރެމެޑިކް އެމްބިޔުލާންސް ހިމެނެއެވެ. މިއެމްބިޔުލާންސްތަކުގެ ސަބަބުން ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ޞިއްޙީ ކުއްލިފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.
Minister of Health @ameenex handed over 25 ambulances to Health facilities as part as governments effort to strengthen #National #Ambulance #Services and for overall contribution to health services nationwide. Additional 26 ambulance will be received within the year. pic.twitter.com/G0vM6HFe7Q
— Ministry of Health (@MoHmv) October 12, 2019