ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް މުޙައްމަދު ޢާމިރު ޢައްޔަނު ކޮށްފި

ކިޔުމަށް ހޭދަވާނީ 47ސ
ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް މުޙައްމަދު ޢާމިރު ޢައްޔަނު ކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް، ގދ.ފަރެސްމާތޮޑާ، ހުސްނުހީނާގެ މުޙައްމަދު ޢާމިރު އަޙްމަދު ޢައްޔަނު ކޮށްފިއެވެ/

ޤައުމީ އަރުޝީފުގެ ޑިރެޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާފައި މިވަނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) އިން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ޢައްޔަންކުރެއްވި މުޙައްމަދު ޢާމިރަކީ ދިވެހިބަހުގެ ބެޗްލާސް ޑިގްރީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ޢާމިރަކީ މީޑިޔާ އަދި ލިޔުންތެރިކަމުގެ ދާއިރާއާއި ތަޢުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޢާމިރު އެންމެފަހުން އަދާކުރައްވާފައި ވަނީ ސަންމީޑިޔާ ގްރޫޕުގެ ޑިރެކްޓަރ އެޑްމިން އެންޑް އެޗްއާރުގެ މަޤާމެވެ.

މިއަދު އޮންލައިން