އެމްޑީއެންގެ ރިޕޯޓަކީ ދިވެހި މުސްލިމުންނާ ދެކޮޅަށް ފައުޅުގަ ހަނގުރާމަ އިއުލާނުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
އެމްޑީއެންގެ ރިޕޯޓަކީ ދިވެހި މުސްލިމުންނާ ދެކޮޅަށް ފައުޅުގަ ހަނގުރާމަ އިއުލާނުކުރުން!

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ދިރާސާ ރިޕޯޓެއްގެ ނަމުގައި ހާމަކުރި "ޝައިޠާނީ ސެޓަނިކް ޕޭޕަރސް" އަކީ ދިވެހި މުސްލިމުންނާއި ދެކޮޅަށް ފައުޅުގައި ހަނގުރާމަ އިޢުލާނުކުރަން ކުރި ކަމެއް ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. 

ހަނގުރާމަތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ހަނގުރާމައަކީ ފިކުރީ ހަނގުރާމައެވެ. އެކަން ވަނީ ނޭޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރުންވެސް ހާމަކޮށްފައެވެ. ބައެއް ޤައުމުތަކުގައި ބޮޑެތި ހަނގުރާމަތައް އުފެދެނީ ފިކުރީ ހަނގުރާމައިގެ ތެރެއިންނެވެ. 

"އިސްލާމް ދީނަށާއި رسول الله އަށް ފުރައްސާރަ ކުރަން ކެރުނު ބައަކު މުސްލިމުންނާ ހަނގުރާމަ ކުރަން ފަސްޖެހިދާނެ ކަމަށް އަޅުގަނޑު ވެސް ގަބޫލެއް ނުކުރަމެވެ. އެއީ މާލޭގައި ވިޔަސް ވެސް މެއެވެ."- ޙުސައިން ވަފީރު

މިއަދު އޮންލައިން