ދީނީ އިލްމުވެރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ދީނީ އިލްމުވެރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު!

ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ ފަރާތްޕުޅުން ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު 4:30 ގައި ޝީ ބިލްޑިންގގެ އަސަރީ މާލަމުގައި އޮންނާނެއެވެ. 

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް" ގައި ހުރި މައްސަލަތައް ފާހަގަކޮށް ދީނީ ޢިލްމުވެރިންގެ ޖަމާޢަތަކުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއިވެސް ބައްދަލުކޮށްފައެވެ. އެ ބައްދަލު ކުރެއްވުމަށްފަހު ޔޫތް މިނިސްޓްރީން ވަނީ ފުލުހުން މައްސަލަ ބަލަމުން ގެންދާތީ އެމްޑީއެން ސަސްޕެންޑްކޮށްފައެވެ. 

ހަމަ އެއާއިއެކު އެމްޑީއެންގެ "ކުދިންކޮޅު" ދިފާޢް ކުރައްވަމުން ގެންދަވާ ރައީސް މުޙައްމަދު ނަޝީދު ދާދިފަހުން ވަނީ އިރާޤާއި ލީބިޔާ އަދި ސީރިޔާ ފަދަ ޤައުމުތަކަށް އަރައިގަނެ ބޮން އަޅަނީ އެ ޤައުމުތަކުގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ ސަބަބުން ކަމަށް ބަޔާން ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

މިއަދު އޮންލައިން