ޤާނޫނާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާ އެމްޑީއެން އާމެދު ފިޔަވަޅު އަޅައި އެ ޖަމިއްޔާ އުވާލަ ދެއްވާ!: ޢިލްމުވެރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޤާނޫނާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާ އެމްޑީއެން އާމެދު ފިޔަވަޅު އަޅައި އެ ޖަމިއްޔާ އުވާލަ ދެއްވާ!: ޢިލްމުވެރިން

އިސްލާމް ދީނާ ޚިލާފަށް ކުރާ ކަންކަން ސަރުކާރުން ހުއްޓުވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދިނުމަށްޓަކައިވެސް އެމްޑީއެން އާއިމެދު އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅައި އެ ޖަމިއްޔާ އުވާލަ ދެއްވަން ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ފަރާތުން ސަރުކާރަށް އިލްތިމާސްކުރއްވައިފިއެވެ.  

ޢިލްމުވެރިންގެ ފަރާތުން މިކަމަށް އިލްތިމާސް ކުރެއްވީ ޝީ ބިލްޑިންގގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމީ މަރުކަޒުގެ ކުރީގެ އެންމެ އިސް އިމާމް ޝައިޚް މުޙައްމަދު ލަޠީފް އެވެ. 

ޢިލްމުވެރިންގެ ފަރާތްޕުޅުން ސަރުކާރަށް ކުރެއްވި އިލްތިމާސް: 

"އިސްލާމީ އުޞޫލުތައް ނަގަހައްޓައި ޙިމާޔަތްކުރުމަށާއި، ދީނާ ދެކޮޅަށް ހިންގޭ ކޮންމެ ޖަރީމާއެއް ވަގުތުން ވަގުތަށް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ވަގުތުންވަގުތަށް ކުރެއްވުމަށާއި، އެފަދަ އެއްވެސް ކަމެއްގައި އަޅުއްވަންޖެހޭ ފިޔަވަޅަކާމެދު ފަސްޖެހިވަޑައިނުގެންނެވުމަށާއި އިސްލާމީ އުޞޫލުތައް ނެގެހެއްޓުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އެއްބާރުލެއްވުން ދެއްވުން 

މިހާރު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކޮށްދެއްވުމުގެ ގޮތުންނާއި އިސްލާމް ދީނާއި ޚިލާފް ކޮންމެ ޢަމަލަކާއިމެދު ކަމާއި ބެހޭ އިދާރާތަކުން ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަޤީންކަމުގެ ސާފު މެސެޖު ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި އެމްޑީއެންއަށް އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުއްވުމާއި އެ ޖަމިއްޔާ އުވާލެއްވުން." 

މިއަދުގެ ބައްދަލުވުމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވަނީ އެމްޑީއެންގެ ރިޕޯޓުގައި ހުރި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފްވާ މައްސަލަތައް ފާހަގަ ކުރައްވައިފައެވެ. 

ޝައިޚް މުޙައްމަދު ނިމާލް ވަނީ އެ ރިޕޯޓުގައި ހުރި އިސްލާމް ދީނާއި ޚިލާފް މައްސަލަތައް ފާހަގަކުރައްވައިފައެވެ.

 

މިއަދު އޮންލައިން