"އިސްލާމް ދީނަށް ފުރައްސާކުރުމީ މަދަނީ ޖަމްޢިއްޔާއެއް އުވާލެވޭނެ ސަބަބެއްކަމުގައި ޤާނޫނުގައި ބަޔާންވެފައި ވީހިނދުވެސް، އެކަން ހިންގި ޖަމްޢިއްޔާ، އުވާލަން ތާއީދު ނުކުރާކަން ބަޔާންކުރުމުގެ މާނައަކީ ކޮބައިހެއްޔެވެ؟" ޝައިޚް އަހްމަދު ސަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ނެރުނު ރިޕޯޓަކީ އެ ޖަމިއްޔާގެ ބައަކު އެޖަމިއްޔާއަށް ނުއެނގި އެ ޖަމިއްޔާގެ ނަމުގައި ނެރުނު ރިޕޯޓެއް ނޫނެވެ. އެ ޖަމިއްޔާގެ ފައުންޑަރ މެންބަރު ޝަހިންދާ ބައިވެރިވެގެން އެ ޖަމިއްޔާއިން ނެރުނު ރިޕޯޓެއްކަން ރިޕޯޓުން ހާމަވެއެވެ.
ރިޕޯޓުގައި ހުރި މައްސަލަތައް މިހާރުވެސް ވަނީ ޢާންމުވެފައެވެ. އެކުށް ކުރުމުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައްވެސް ވަރަށް ސާފެވެ. ރާއްޖޭގައި މަދަނީ ޖަމިއްޔާތައް ރަޖިސްޓްރީކޮށްދެނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި އެއްގޮތަށް އަމަލު ކުރުމަށެވެ.