ދީނީ ޢިލްމުވެރިންގެ އިލްތިމާސް ބެލެނިވެރިންނަށް!: ދަރިންގެ ހިތްތަކުގަ އިސްލާމް ދީނަށް ލޯބި ޖެއްސުމަށް މަސައްކަތްކޮށްދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ދީނީ ޢިލްމުވެރިންގެ އިލްތިމާސް ބެލެނިވެރިންނަށް!: ދަރިންގެ ހިތްތަކުގަ އިސްލާމް ދީނަށް ލޯބި ޖެއްސުމަށް މަސައްކަތްކޮށްދެއްވާ!

"ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށާއި، ދީނީ ތަޢުލީމު އޭގެ ރަނގަޅުގޮތުގައި ދަރިންނަށް ފޯރުކޮށްދީ އިސްލާމީ އުޞޫލުތަކަށް ދަރިންގެ ހިތުގައި ލޯބިޖެއްސުމަށް މަސްކަތްކުރެއްވުމަށް" ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ފަރާތްޕުޅުން ބެލެނިވެރިންނަށް، ޢާންމުކޮށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ. 

މިއަދު ޝީ ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދީނީ ޢިލްމުވެރިންގެ ފަރާތްޕުޅުން ވަނީ ޢިލްމުވެރިންނަށް ވެސް އިލްތިމާސެއް ކުރައްވައިފައެވެ. 

"ދީނާދެކޮޅަށް ހިންގޭ ކޮންމެ ޙަރަކާތަކާގުޅިގެން އެކަންކަމުގެ ޙަޤީޤަތާއި ޙުކުމްތައް ރައްޔިތުންނަށް ހާމަކޮށްދިނުމުގައި  ހުރިހައި ޢީލްމުވެރިން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ރައްޔިތުންނަށް ހެޔޮގޮތް އަންގައިދިނުމުގައި ކުރެއްވެންހުރި ހުރިހައި މަސައްކަތްތައް ކޮންމެ ޢިލްމުވެރިއަކުވެސް ކުރައްވަމުން ގެންދެވުމަށް އިލްތިމާސްކުރަމެވެ."

 

މިއަދު އޮންލައިން