އެމްޑީއެންގެ ރިޕޯޓު އެކުލަވާލުމަށް އިސްލާމިކް މިނިސްޓްރީން އެއްވެސް މުއާމަލާތެއް ނުކުރަން: ޑރ.ޝަހީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އެމްޑީއެންގެ ރިޕޯޓު އެކުލަވާލުމަށް އިސްލާމިކް މިނިސްޓްރީން އެއްވެސް މުއާމަލާތެއް ނުކުރަން: ޑރ.ޝަހީމް

"ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ" ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ފަރާތުން އާންމުކުރި ރިޕޯޓު އެކުލަވާލުމުށް އިސްލާމިކް މިނިސްޓްރީން އެއްވެސް މުއާމަލާތެއް ނުކުރާކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ އިސްލާމްދީނާއި މާތް ﷲ ގެ ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހިމެނޭ އެ ރިޕޯޓު 2015 ވަނަ އަހަރު ނެރުމުގައި އިސްލާމިކް މިނިސްޓްރީން ވެސް ބައިވެރިވެފައިވާ ކަމަށް އެމްޑީއެންގެ ރައީސް ޝަހިންދާ އިސްމާއިލް ވިދާޅުވެފައިވާތީއެވެ. 

ޝަހީމް ވިދާޅުވީ އޭނާ މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެމްޑީއެންއާއެކު އެފަދަ ރިޕޯޓެއް އެކުލަވާލުމުގެ އެއްވެސް މުއާމަލާތެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ދީނީ ކަންކަމުގައި މިނިސްޓްރީން ގެންގުޅޭ ސިޔާސަތު ހާމަ ކުރުން ފިޔަވައި އެއްވެސް ދިރާސާ ރިޕޯޓެއް ހެދުމަށް އިންޓަވިއު ދެއްވާފައިވެސް ނުވާނެ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވުމާއެކު އެ ޖަމިއްޔާ ސަސްޕެންޑްކޮށް އެ ޖަމިއްޔާގެ ހަރަކާތްތައް ސަރުކާރުން ވަނީ ހުއްޓާލަން އަންގާފައެވެ.

މިއަދު އޮންލައިން