"ހަރުކަށި ފިކުރު" އޮތް ބަސްފޮތުގައި "ތައުޙީދު" މި ބަސް ނެތީތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
"ހަރުކަށި ފިކުރު" އޮތް ބަސްފޮތުގައި "ތައުޙީދު" މި ބަސް ނެތީތޯ؟

ރާއްޖެއަށް މިހާރު ކުރިމަތިވެގެން މިއުޅޭ ކަންބޮޑުވުންތަކުން ސަލާމަތްވުމުގެ ވާހަކަ ދައްކާ ވަރަށް ގިނަ ބައަކު އަބަދުވެސް ދައްކާ އަޑު އިވެނީ "ހަރުކަށި ފިކުރު" ގެ ނުރައްކައުތެރިކަން ބޮޑުކަމުގެ ވާހަކައެވެ. 

ހަރުކަށި ފިކުރުގެ ވާހަކަ ދައްކާ މީހުން "ހަރުކަށި ފިކުރު" 2 މާނައެއްގައި ބޭނުން ކުރެވެއެވެ. ފުރަތަމަ މާނައަކީ ކީރިތި ޤުރްއާނާއި ސުންނަތުގައި ބަޔާން ވެގެންވާ އެއްވެސް ކަމެއްގައި އެހެން ގޮތަކަށް އަމަލު ނުކުރުމަށެވެ. ބަންގީގެ އަޑު އިވުމުން ވަގުތުން އިޖާބަ ދިނުން ފަދަ އެންމެ ފުރިހަމަ ގޮތުގައި ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކުރަން މަސައްކަތްކުރުމަށެވެ. 

މިގޮތަށް މާނަކުރާ މީހުން ދެކޭ ގޮތުގައި ބަންގީގެ އަޑު އިވުނު ނަމަވެސް ނުވަތަ ނަމާދުވަގުތު ޖެހުމުން ކޮންމެހެން ނަމާދުކުރަން އަވަސްވެގަންނާކަށް ނުޖެހެއެވެ. އަވަސްވެ ގަނެފިނަމަ އެއީ ހަރުކަށި ފިކުރުގެ މީހެކެވެ. 

ދެވަނަ މާނައެއް ކަމަށް ބަލަނީ އިސްލާމް ދީނުގެ ނަމުގައި އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަން ކުރުމަށެވެ. އެހެން މީހުންނަށް ގެއްލުން ދިނުމާއި މީހުންގެ މުދަލަށް ގެއްލުން ދިނުން ފަދަ ކަންކަން ކުރުމަށެވެ. މިއީ ކޮންމެ ނަމެއްގައި ކުރި ނަމަވެސް އިސްލާމް ދީން ހުއްދަކުރާ ކަންކަމެއް ނޫނެވެ. އެހެންކަމުން އެފަދަ އެއްވެސް ކަމެއް ކުރާނަމަ އެމީހަކު ކަންކަން އެކުރަނީ އިސްލާމް ދީނުގައި އޮތް ގޮތަކަށް ނޫނެވެ. 

މި މާނައިގައި ބޭނުންކޮށް "ހަރުކަށި ފިކުރު" ގެ ވާހަކަ ދައްކާ މީހުންގެ ރަދީފުގައި "ތައުހީދު" އޮންނަ ކަމަކަށް ނުވެއެވެ. ތައުހީދުގެ ވާހަކަ ނުދައްކަނީ އެމީހުންގެ ރަދީފުގައި ތައުހީދު ނުއޮންނާތީ ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން ޝައިޚް ޒަމްޒަމް ފާރިޟް ވިދާޅުވެފައިވާ މިބަސްފުޅަށް ވިސްނައިލަމާތޯއެވެ؟ 

"ކުފްރާ ޝިރުކާ މުނާފިޤް ކަމަކީ ކަނު އަނދިރިކަމެވެ. އެ އަނދިރިކަން ނެތި ފުހެލެވިގެންދާނީ ތައުހީދާއި އީމާންކަމާއި ޙައްޤުގެ ނޫރު އަލިވިލީމައެވެ. އިސްލާމް ދީން ފައުޅުވީމައެވެ." 

ބައްތި ދިއްލަން ތެޔޮ އަޅާފަދައިން އިންސާނާގެ ކިބައިގައި ހުންނަ ހުރިހާ އުނިކަން ފިލުވައިލަދޭނީ ތައުޙީދުކަން ޝައިޚްގެ މިބަސްފުޅުން އެނގިގެންދެއެވެ. ވީމާ ތައުހީދުގެ ވާހަކަ ނުދައްކައި އެއްވެސް މައްސަލައެއް ޙައްލު ކުރެވޭނެ ކަމަކަށް ނުފެނެއެވެ.

މިއަދު އޮންލައިން