އާސަންދައިގެ ޚިދުމަތް މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށްވެސް ދޭން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އާސަންދައިގެ ޚިދުމަތް މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށްވެސް ދޭން ފަށައިފި

ރާއްޖޭން ބޭރުގައި އުޅޭ ދިވެހިންނަށް އާސަންދައިގެ ދަށުން ބޭސްފަރުވާގެ ހަރަދުތައް ކުރަން ތައާރަފްކޮށްފައިވާ ހެލްތު އިންޝުއަރެންސް ސްކީމް "މެރަނާ" ސްކީމް ގެ ދަށުން ލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހިދުމަތްދޭން ފަށައިފިއެވެ. 

މިއަދު މެލޭޝިޔާގައި ފަށާފައިވާ މި "މެރަނާ" ސްކީމް ގެ ދަށުން ކޮންމެ ބައިވެރިޔަކަށް އަހަރަކު 1،50000 ރުފިޔާ ކަނޑައަޅާފައިވާއިރު އައުޓް ޕޭޝަންޓް ހިދުމަތްތަކަށް އަހަރަކު ކަނޑައަޅާފައިވަނީ 10،000 ރުފިޔާ އެވެ. އެނދުމަތިކޮށްގެން ހޯދާ ހިދުމަތްތަކަށް ކަނޑައަޅާފައިވަނީ ޖުމްލަ ކަވަރޭޖާ އެއްވަރު އަދަދެކެވެ.

މިސްކީމުގެ ދަށުން މެލޭޝިޔާގައި "ކޭޝްލެސް" ހިދުމަތް ހަމަޖެހިފައި ނުވާއިރު ސްކީމުގައި ރަޖިސްޓްރީވެފައިވާ އެގައުމުގައި ދިރިއުޅޭ ދިވެހިން ހިދުމަތް ލިބިގަތުމަށްފަހު "ރީއިމްބާސްމަންޓް" ފޯމު ފުރިހަމަ ކުރުމަށްފަހު، ހިދުމަތް ހޯދި ބިލްތަކުގެ ކޮޕީއާއެކު ފޯމު ހުށަހެޅުމުން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފައިސާ ހަމަޖެހިގެން ދާނެ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

ރާއްޖޭން ބޭރުގައި އުޅޭ ދިވެހިންނަށް އާސަންދައިގެ ދަށުން ބޭސްފަރުވާގެ ހަރަދުތައް ކުރަން "މެރަނާ" ސްކީމް ތައާރަފްކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހު އެވެ. މީގެ ކުރިން މިސްކީމުގެ ހިދުމަތް ލިބެމުން އައީ އިންޑިއާ އަދި ލަންކާގައެވެ.

 

މިއަދު އޮންލައިން