ރާއްޖޭގެ އާބާދީއަށް ބަލައިފިނަމަ ޞައްޙަ ދިވެހި ރައްޔިތުންގެ އަދަދު 100 އަކުން މަދުވާނީ "ޕޮއިންޓް ޒީރޯ ޒީރޯ"ހައި މަދު މިންވަރެކެވެ. އެމީހުން ތިބީ އެމީހުންގެ ލޮބުވެތި ރަސޫލާ (ޞޢވ) އަށް ފުރައްސާރަ ކުރުމުން އެކަން ބަލައިގަންނަ ގޮތަކަށް ނޫންކަން ރައްޔިތުން ގެންދަނީ އަމަލާއި ބަހުން ސާބިތުކޮށްދެމުންނެވެ.
"ދިވެހި ރާއްޖޭގައި އިސްލާމް ދީނަށް ފާޅުގައި ފުރައްސާރަކުރާ މީހުންނާމެދު، ރައްޔިތުން ޞުލްޙަވެރިވާނެ ގޮތެއް ނޯންނާނެއެވެ. މާތް ﷲ އާއި އެކަލާނގެ ފޮތާއި އެކަލާނގެ ރަސޫލާصل الله عليه وسلم އަށް ފުރައްސާރަ ކުރުމީ ، މިރާއްޖޭގެ ރައްޔިތުން ހަޖަމު ކުރާނެކަމެއް ނޫނެވެ."
"އަޅުގަނޑުމެން މިތިބީ ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ތައްޔާރަށެވެ. އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހި ފަސްގަނޑުގައި އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނަކަށް ޖާގައެއް ނުދޭނަމެވެ."
ރައްޔިތުން ގެންދަނީ މިފަދަ ޝުޢޫރުތައް ފައުޅުކުރަމުންނެވެ. ވީމާ ރައްޔިތުން ކެނޑުނޭޅި އުފުލަމުން ގެންދާ އަޑުތައް އަހައި ސަރުކާރަށް އޮތީ އަވަހަށް އިޖާބަ ދިނުން ކަމަށާއި އިޖާބަ ދިނުމަކީ އެމްޑީއެން މަނާކޮށް، އުވާލައި ރިޕޯޓް ނެރުނު މީހުން ހައްޔަރުކުރުން ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.