ޕާޓީ ރޫޙުގަ މަޖިލީހަށް މެންބަރުން ހޮވީ ހާފިޡަކަށް ވީތީ މަލާމާތް ކުރާކަށް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޕާޓީ ރޫޙުގަ މަޖިލީހަށް މެންބަރުން ހޮވީ ހާފިޡަކަށް ވީތީ މަލާމާތް ކުރާކަށް ނޫން!

19 ވަނަ މަޖިލީހަށް މެންބަރުން ހޮވުމުގައި ޕާޓީ ރޫޙުގައި ވޯޓުދިނީ ޙާފިޡަކަށް މަޤާމެއް ދިނުމުން ކަންބޮޑުވެ މަލާމާތް ކުރަން ނޫން ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ބުނަމުން އެބަ ގެންދެއެވެ.

އެމްޑީޕީގެ އިސް މެންބަރަކު ވިދާޅުވީ "އެމްޑީޕީ އިން ނުހޮވިނަމަ ދުވަހަކުވެސް މަޖިލީހަށް ނުހޮވޭނެ މެންބަރަކު، އަމިއްލައަށް ހިނައި ޠޯހިރުވާންވެސް ނުއެނގޭ މެންބަރަކު މީގެ ދެ ދުވަސްވަރު ކުރިން މަޖިލީހުގައި، ސަރުކާރުގެ ކުންފުންފުންޏެއްގެ އެމްޑީއަކަށް ޙާފިޒަކު ލައިގެން ކަންބޮޑުވެ، މަޖިލީހުގައި ގޭސް އަނބުރާފައިވާ" ކަމަށާއި މިފަދަ ކަންކަމަކީ ވަރަށް ދަށު ދަރަޖައިގެ ކަންކަން ކަމަށެވެ.

އޭނާގެ އިތުރުން އެމްޑީޕީގެ އިސް މެންބަރެއް ކަމަށްވާ ކަނޑުވައި އިބްރާހީމް ރަޝީދުވެސް ވަނީ ސޯޝަލް މީޑިއާގައި މި މައްސަލަ ފާހަގަކުރައްވައިފައެވެ. "ދާދިފަހުން ކުންފުންޏެއްގެ އެމްޑީއަކަށް ޙާފިޡަކު ލައިގެންވެސް މަޖިލީހުގަ ވަނީ މަލާމާތް ކޮށްފަ. މިއީ ރާވައިގެން ސިސްތަމެޓިކްކޮށް ހިންގާ ކަމެއް."

ކީރިތި ޤުރްއާން ހިތުދަސް ޙާފިޡަކަށްވުމަކީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި އެއް ނިޢްމަތެވެ. ސުވަރުގޭގައި ޙާފިޡުންނަށް ޚާއްޞަކުރެވިފައިވާ ދަރަޖައެއްވެއެވެ. އެފަދަ ބޭކަލުންނަށް ރައްދުކޮށް މަލާމާތުގެ ބަސްތައް ކުރުމަކީ އެއްވެސް މުސްލިމަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރައްވައެވެ.

 

މިއަދު އޮންލައިން