މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސްޕެންޑްކޮށް ގޭގައި މަޑުކުރަން އަންގައިފިއެވެ.
މިއަހަރުގެ ޖެނުއަރީ ހަވަނަ ދުވަހު މޯލްޑިވް ގޭހުގެ އެމްޑީގެ މަގާމަށް އައްޔަންކުރި ޝަޒައިލް ސަސްޕެންޑް ކުރީ "ޒީރޯ ޓޮލެރެންސް ޓު ދަ ކޮރަޕްޝަން" ޕޯޓަލް އަށް އަށް ލިބިފައިވާ ޝަކުވާތަކަކާ ގުޅިގެން ކަމަށް މައުލޫމާތުލިބިފައި ވެއެވެ.
މިކަމާގުޅިގެން ރައީސް އޮފީހުން ބުނެފައިވަނީ ޝަޒައިލް އާއި ބެހޭގިތުން ލިބިފައިވާ ޝަކުވާތަކަކާ ގުޅިގެން މައްސަލަަ ބަލައި ނިމެންދެން ގޭގައި މަޑުކުރަން އަންގާފައިވާކަމަށެވެ.
މޯލްޑިވްސް ގޭހުން މައްސަލައެއް ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން ވެސް އަންނަނީ ބަލަމުން އެވެ.